“އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސީފެއަރަރސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން (ރިވައިސް) 2003 (ސީ 185)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރުހުން ދިނުމަށް ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވައިފި އެވެ.
މަޖިލީހުން މިގޮތަށް ފާސް ކުރެއްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 72 މެންބަރުންގެ އިއްތިފާޤުން ނެވެ.
އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ސީފެއރަރސް އައިޑެންޓިޓީ ޑޮކިއުމެންޓްސް ކޮންވެންޝަން (ރިވައިސް) 2003 (ސީ 185)” ގައި ދިވެހިރާއްޖެއިން ބައިވެރިވުމުގެ މައްސަލަ ޤައުމީ ސަލާމަތުގެ ކޮމިޓީން ދިރާސާކުރައްވައި ނިންމެވިގޮތުގެ ރިޕޯޓް މަޖިލީހުގެ ޖަލްސާއަށް ހުށަހަޅުއްވައިދެއްވީ ކޮމިޓީގެ މުޤައްރިރު ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޟާ އެވެ.
މިމައްސަލަ ކޮމިޓީއަށް ފޮނުވިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ދެވަނަ ޖަލްސާގައެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 93 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައި ވާގޮތުން ދިވެހި ދައުލަތުގެ ނަމުގައި، ވެރިކަން ހިންގާ ފަރާތުން ބައިވެރިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ޢަމަލުކުރަންވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި އެމަޖިލީހުން ފާސްކުރުމަށްފަހު، އެ މަޖިލީހުން ނިންމާ ގޮތުގެމަތިންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...