ރާއްޖޭގެ ޚަބަރު އައި އެފް އެމް އިން ހިންގުމަށް ހަމަޖެހިފައިވާ 'ތައުހީދާއި ޝިރުކު' ގެ ވޯކު ޝޯޕް ފެބުރުއަރީ 25 އަދި 26 ގައި

އައި އެފް އެމް އިން ހިންގުމަށް ހަމަޖެހިފައިވާ 'ތައުހީދާއި ޝިރުކު' ގެ ވޯކު ޝޯޕް ފެބުރުއަރީ 25 އަދި 26 ގައި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ ޙުސައިން ޙަބީބު

އިސްލާމިކް ފައުންޑޭޝަން އިފް ދި މޯލްޑިވުސް (އައި އެފް އެމް)ގެ ފަރާތުން ބާއްވަން ހަމަޖެހިފައިވާ 'ތައުހީދާއި ޝިރުކު' ވޯކު ޝޮޕް މިހިނގާ ފެބުރުއަރީމަހު 25 އަދި 26 މިދެދުވަހުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެޖަމްޢިއްޔާއިން ހާމަކުރައްވައިފިއެވެ

އެޖަމްޢިއްޔާއިން މިގޮތައް ހާމަކޮށްފައިވަނީ އެޖަމްޢިއްޔާގެ ރަސްމީވެބުސައިޓްގައި، މި ވޯކް ސޮޕާއި ބެހޭގޮތުން ޝާޢީކޮށްފައިވާ ލިޔުމެއްގައެވެ

މި ވޯކް ޝޮޕްގ ބޭއްވުމަށް ހަމަޖެހިފައިވަނީ ނަސަންދުރަ ޕެލަސް ހޮޓެލްގައިކަމަށާއި، މިވޯކު ޝޮޕުގައި ކިޔަވައި ދެއްވާނީ ތަޢުހީދާއި ބެހޭ ގޮތުން ފޮތް ލިޔުއްވާފައިވާ އައްޝައިޚް އަބޫބަކުރު އިބުރާހިމް ހިންނަވަރީއާއި، އައްޝައިޙް މުޙައްމަދު އިބުރާހިމްގެ އިތުރުން އައްޝައިޚް މުޙައްމަދު މޫސާއާއި އައްޝައިޚް އިބުރާހިމް ފަރީދު އަޙްމަދެވެ

އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށްވެސް ބައިވެރިވެވޭ ގޮތައް ހަމަޖެހިފައިވާ މި ވޯކު ޝޮޕަށް ފޯމު ހުށަހެޅުމުގެ ތާރީޚް މިމަމަހު 20 ވަނަ ދުވަހާއި ހަމަޔަށް އޮތް ކަމުގައިވިއަސް، މިހާރު މިކޯހުގެ ޖާގަ ފުލުވެފައިކަމަށް ދިއިސްލާމަށް ވަނީ މަޢުލޫމާތު ލިބިފައިވެއެވެ

މިކޯހުގައި ބައިވެރިވާ ބޭފުޅުންނަށް ވޯކް ސޮޕް އޮންނަ ދުވަހު ކެއުމާއި ސައިގެ ކަންތައް ހަމަޖެހިފައިވަނީ ނަސަންދުރާ ޕެލަސް ހޮޓެލްއިންނެވެ. މި ވޯކް ޝޮޕުގެ ފީ އެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ 250 ރުފިއާ ކަމަށް އައި އެފް އެމް އިން ހާމަކުރައްވައެވެ

ޓެގް

ޝެއިޚް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.