އައްޑޫ ސިޓީގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި 3 މީހުންގެ ތެރެއިން އެކަކު ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މަރުވެއްޖެއެވެ.
ރޭ 19:20 ހާއިރު ހިތަދޫ ބޮޑުމަގު މާހެރެ ކެފޭ ކުރިމަތީ، ދެ ކޮޅަށް ދުއްވާފައިދިޔަ ދެ ސައިކަލު ޖެހުމުގެ ސަބަބުން ހިނގި އެކްސިޑެންޓްގައި ލިބުނު އަނިޔާތަކަށް އައިސީޔޫގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.
ނިޔާވީ ހިތަދޫ ކަނީރުގޭ މުހައްމަދު އަތީފް އެވެ.
މި އެކްސިޑެންޓްގައި އަނިޔާވި އަނެއް 2 ފިރިހެނުންނަށް ވެސް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުންނެވެ.
މި ޙާދިސާގައި އެކްސިޑެންޓްވި ދެ ސައިކަލަށްވެސް ވަނީ އެކިވަރުގެ ގެއްލުންތައް ވެފައެވެ.
މި އެކްސިޑެންޓްގެ މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...