މާލޭގައި ރޭ ހިންގި ނުރައްކާތެރި މާރާމާރީއެއްގައި މީހަކަށް ބޮޑެތި އަނިޔާ ތަކެއްދީފިއެވެ.
ރޭ 12:45ގައި ހިންގި އެ މާރާމާރީގައި ޒަހަމްކޮށްލާފައި ވަނީ ނ. ވެލިދޫ އަބްދުﷲ ވިޝާމެވެ.
ބޮޑުތަކުރުފާނު މަގު، ސްޓެލްކޯ ފުރަގަހުގައި ރޭ ހިންގި މި މާރާމާރީގައި ވިޝާމަށް ބޮޑެތި އަނިޔާތަކެއް ދީފައި ވީނަމަވެސް ފުލުހުން ބުނީ، އުސްފަސްގަނޑު ސަރަހައްދުގައި ރޭ ހިންގި މާރާމާރީއާ ގުޅިގެން ރޭ އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...