ރާއްޖޭގެ ޚަބަރު އދ އާއި އެމެރިކާ އާއި ޑެންމާކާއި ގުޅިގެން ޓެރަރިޒަމާ ދެކޮޅު ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

އދ އާއި އެމެރިކާ އާއި ޑެންމާކާއި ގުޅިގެން ޓެރަރިޒަމާ ދެކޮޅު ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

އދ އާއި އެމެރިކާ އާއި ޑެންމާކާއި ގުޅިގެން ޓެރަރިޒަމާ ދެކޮޅު ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އދ އާއި އެމެރިކާ އާއި ޑެންމާކާއި ގުޅިގެން ޓެރަރިޒަމާ ދެކޮޅު ބައްދަލުވުމެއް ރާއްޖޭގައި ބާއްވައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިއީ އ.ދގެ ކައުންޓަރ ޓެރަރިޒަމް ކޮމިޓީގެ އެގްޒެކެޓިވް ކޮމިޓީ (ސީޓެޑް( އާއި ގްލޯބަލް ސެންޓަރ އޮން ކޯޕަރޭޓިވް ސެކިއުރިޓީ ގުޅިގެން، އެމެރިކާ އާއި ޑެންމާރކްގެ އެހީތެރިކަމާއިއެކު، ދެކުނު އޭޝިޔާ ސަރަޙައްދުގެ ޤައުމުތަކުގެ ޖަޖުންނަށާއި، ޕްރޮސެކިއުޓަރުންނަށް އަދި ޕޮލިސް އޮފިސަރުންނަށް ޢަމާޒުކޮށްގެން، ޓެރަރިޒަމްއާ ދެކޮޅަށް މަސައްކަތްކުރުމުގެ ޤާބިލްކަން އިތުރުކުރުމުގެ ގޮތުން ބޭއްވި ސަރަޙައްދީ ނުވަވަނަ ބައްދަލުވުންކަމަށެވެ.

މިމަހުގެ 2 ން 4 އަށް، ބަނޑޮސް އައިލެންޑް ރިސޯޓްގައި ބޭއްވި މިބައްދަލުވުންތައް ނިންމާލުގެ ގޮތުން، މިދާއިރާއިން ރަނގަޅުކުރަން ހުރި ކަންތައްތައް ރަނގަޅުކުރުމަށް ބައިވެރިންގެ މެދުގައި މަޝްވަރާކުރެވި އިތުރު ޚިޔާލުތައް ލިބި އެކަންކަން ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ބައިވެރިންގެ މެދުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ކައުންޓަރ ޓެރަރިޒަމްގެ ސަރަޙައްދީ ދިހަވަނަ ބައްދަލުވުމަށް ހުށަހަޅާނެ ކަންތައްތަކާއި މިސަރަޙައްދުގައި ހިމެނޭ ބައެއް ޖަމާޢަތްތަކާ ގުޅިގެން ކައުންޓަރ ޓެރަރިޒަމްގެ ކަންތައްތައް ރަނގަޅުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ބެހޭގޮތުންވެސް މިބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޝްވަރާ ކޮށްފައިވެއެވެ.

ރާއްޖޭގައި ބޭއްވި ކައުންޓަރ ޓެރަރިޒަމްގެ ސަރަޙައްދީ ނުވަވަނަ ބައްދަލުވުމުގައި ސާރކް ޤައުމުތަކުގެ ޖަޖުންނާއި، ޕްރޮސެކިއުޓަރުންނާއި ޕޮލިސް އޮފިސަރުންގެ އިތުރުން، އ.ދ ގެ އޮފީސް ފޯރ ޑިފެންސް ކޯރޕަރޭޝަންއާއި، ސީޓެޑް އަދި ގްލޯބަލް ސެންޓަރގެ މާހިރުންނާއި ތަޖުރިބާކާރުންނާއި، އެމެރިކާ އަދި އޮސްޓްރޭލިއާއިން މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.