ޑިމޮކްރަސީ ގެނެވުނީ ޣައިރު ދީންތަކަސް ފުރުޞަތު ހުޅުވޭ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ މި ޒަމާނުގައި ޤައުމުގެ މިނިވަންކަން ގެއްލުވާލަނީ ޤައުމު ތަކަށް ދެވޭ އެހީގެ ތެރެއިންނާއި ކުރެވޭ ވިޔަފާރީގެ ތެރެއިން ކަމަށާއި، އެކަންކަމަށް ހޭލާ ނުތިބެއްޖެ ނަމަ ކަރުއެޅޭ ގޮތަށް ދެވޭ އެހީގެ ތެރެއިންނާއި، އެއިން ނުނިކުމެވޭނެ ގޮތަށްކުރެވޭ ވިޔަފާރީގެ ތެރެއިން ދިވެހިންގެ ދީނާއި މިނިވަންކަން ގެއްލިދާނެ ކަމަށެވެ.
އެހެން ކަމުން މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށްޓަކައި ރައްކާތެރިކަމާ އި ވިސްނުންތެރިކަމާއި އެކު ނޫން ގޮތަކަށް ހިލޭ އެހީއާއި ވެސް ގާތް ނުވުމަށް މިނިސްޓަރު ގޮވާލެއްވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖެ އަށް ގެނެވުނު ޑިމޮކްރަސީގައި ވެސް ފޮރުވިފައިވާ ކަންތައްތަކެއް ހިމެނޭ ކަމަށާއި، ޑިމޮކްރަސީ ގެނެވިފައިވަނީ ރާއްޖެގެ މިނިވަންކަމަށް ބުރޫއަރާގޮތައް އަދި އެހެން ދީންތަކަށް ރާއްޖެއިން ފުރުޞަތު ލިބޭ ގޮތަށް ކަމަށެވެ.
ހޯމް މިނިސްޓަރު ޢިޝާރާތް ކުރެއްވި ފަދައިން ބޭރުގެ އެހީ ހޯދުމާއި ވިޔަފާރި ކުރުމުގެ ފުރުޞަތު ޑިމޮކްރަސީގެ ތެރެއިން އަމިއްލަ ޖަމިއްޔާ ޖަމާޢަތްތަކާއި ކައުންސިލް ތަކަށް ޤާނޫނީ ގޮތުން ލިބުމާއި އެކު ޣައިރު މުސްލިމުން ގެންދަނީ ބައެއް ޖަމިއްޔާ ތަކާއި ކައުންސިލްތައް މެދުވެރިކޮށް ދެވޭ އެހީތެރިކަމުގެ ތެރެއިން ދިވެހިންގެ ދީނީ ޢަޤީދާ އާއި ކުޅުމަށް މަސައްކަތް ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...