ރާއްޖޭގެ ޚަބަރު އާ އަހަރާއި އެކު ދެކުނުގެ ސްކޫލެއްގައި ޢަރަބި މުޤައްރަރަކަށް ކިޔަވައިދެނީ

އާ އަހަރާއި އެކު ދެކުނުގެ ސްކޫލެއްގައި ޢަރަބި މުޤައްރަރަކަށް ކިޔަވައިދެނީ

އާ އަހަރާއި އެކު ދެކުނުގެ ސްކޫލެއްގައި ޢަރަބި މުޤައްރަރަކަށް ކިޔަވައިދެނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އާ އަހަރާއި އެކު ދެކުނުގެ ސްކޫލެއްގައި ޢަރަބި މުޤައްރަރަކަށް ކިޔަވައިދޭން ފެށޭނެ ކަމަށް ތަޢުލީމާއި ބެހޭ ވަޒީރު ވިދާޅުވެއްޖެ އެވެ.

ތަޢުލީމާއި ބެހޭ ވަޒީރު ޑރ ޢާއިޝަތު ޝިހާމް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ރާއްޖޭގެ އުތުރާއި ދެކުނުގައިވެސް ޢަރަބި މުޤައްރަރަށް ކިޔަވައިދޭ ސްކޫލެއް ބިނާ ކުރުން ކަމަށާއި، އެ މަސައްކަތް ކާމިޔާބުވެ އަންނަ އަހަރުގެ ތަޢުލީމީ އާ އަހަރު ފެށެއިރު ރާއްޖޭގެ ދެކުނުގައި އެފަދަ ސްކޫލެއް ހުޅުވިގެން ދާނެ ކަމަށެވެ.

އެހެން ނަމަވެސް އެއީ ކޮން ރަށެއްގައި ހުރި ކޮން ސްކޫލެއްކަން މިނިސްޓަރު ހާމަކުރައްވާފައެއް ނުވެއެވެ.

މިިސްޓަރު ވިދާޅުވީ ރާއްޖޭގެ އުތުރުގައިވެސް ޢަރަބި މީޑިޔަމަށް ކިޔަވައިދޭ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.