ރާއްޖޭގެ ޚަބަރު ވަޒީރެއްގެ ކޮރަޕްޝަން މައްސަލަ ބެލި މުއައްސަސާ ނެތިކޮށްލުމުން ކަންބޮޑުވޭ: އެމްޑީޕީ

ވަޒީރެއްގެ ކޮރަޕްޝަން މައްސަލަ ބެލި މުއައްސަސާ ނެތިކޮށްލުމުން ކަންބޮޑުވޭ: އެމްޑީޕީ

ވަޒީރެއްގެ ކޮރަޕްޝަން މައްސަލަ ބެލި މުއައްސަސާ ނެތިކޮށްލުމުން ކަންބޮޑުވޭ: އެމްޑީޕީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އޮޑިޓަރ ޖެނެރަލްގެ މަޤާމު ގެއްލޭގޮތަށް އޮޑިޓް ޤާނޫނު އިސްލާޙުކުރީ އަވަސް އަރުވާލައިގެން ކަމަޝާއި، ވަޒީރެއްގެ ކޮރަޕްޝަން މައްސަލަ ބެލި މުއައްސަސާ ނެތިކޮށްލުމުން އިންތިހާއަށް ކަންބޮޑުވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީން ) ނެރުނު ބަޔާނެއްގައި ބުނީ ޕީޕީއެމްގެ ނައިބު ރައީސް އަދި ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ގުޅޭ ހާއްސަ އޮޑިޓް ރިޕޯޓް އާންމު ކުރެއްވުމާއި ގުޅިގެން އޮޑިޓާ ޖެނެރަލް ނިޔާޒު އިބްރާހީމް ގާނޫނު އަސާސީއާ ހިލާފަށް އެމަގާމުން 'ނެތިކޮށްލާ'ފައިވާ މައްސަލަ ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އެމްޑީޕީން ބުނީ ސަރުކާރުގެ ވަޒީރެއްގެ ބޮޑު ކޮރަޕްޝަން މައްސަލައެއް ބެއްލެވުމުން އެމައްސަލައެއް ބެއްލެވި ދައުލަތުގެ ޤާނޫނީ މުއައްސަސާ ނެތިކޮށްލުމަކީ އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށާއި، އެއީ މި ސަރުކާރު ފަސާދަވެފައިވާ މިންވަރު ސާބިތުކޮށްދޭ ކަމެއް ކަމަށެވެ.

އެހެން ކަމުން އެމްޑީޕީން ވަނީ އަދީބުގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ އުފުލުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)އަށް ގޮވާލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.