ގުޅީފަޅުގައި މީހުން އާބާދުކުރުން ސަރުކާރުން ހުއްޓުވައިފިއެވެ.
މިކަމާއި ގުޅިގެން ގުޅީފަޅު އިންވެސްޓްމަންޓުން ނެރުނު ބަޔާނެއްގައި ބުނީ ގުޅިފަޅުގައި މީހުން އާބާދުކުރުމަށް ގާނޫނީ ގޮތުން ކުރަންޖެހޭ ކަންތައްތައް ސަރުކާރުގެ ފަރާތުން ނިންމާފައި ނުވާކަމަށާއި، މި މަޝްރޫއު މަޑު ޖައްސައިލުމަށް ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
ޖީއައިއެލް އިން ބުނީ ގުޅީފަޅުގައި މީހުން އާބާދު ކުރުމުގެ މަސައްކަތް ކުރަމުންދަނީ، ނަގަންޖެހޭ ހުއްދަ ނަގައިގެން ނޫންކަމަށް ބުނެ، މިކަމާއި ގުޅޭގޮތުން ސަރުކާރުން ވަކިގޮތެއް ނިންމަވަންދެން، ގުޅިފަޅުގައި މީހުން އާބާދުކުރުމާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދިއުމަށް މި މަހުގެ 23 ވަނަ ދުވަހު ރައީސް އޮފީހުން އަންގާފައި ވާކަމަށެވެ.
މިކަމާއި ގުޅިގެން ގުޅިފަޅުގެ ހާލަތު ރަނގަޅު ކުރުމަށާއި، އެތަނުން ފްލެޓްތައް ގަނެފައިވާ ފަރާތްތަކާ ދޭތެރޭގައި ވަރަށް އަވަހަށް ގޮތެއް ނިންމާނެ ކަމަށްވެސް ގުޅީފަޅު ލިމިޓެޑުން ވަނީ ބުނެފައެވެ.
ސަރުކާރުގެ އެންގުން މިފަދަ ގޮތަކަށް އައިސްފައި ވާއިރު، އެ ކުންފުނިން ވަނީ ޢާއްމުންގެ އެތައް ބަޔަކަށް ފްލެޓްތައްވެސް ވިއްކާފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...