ރާއްޖޭގެ ޚަބަރު ޓުއަރިޒަމް މިނިސްޓަރު އަދީބަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޮޑިޓް ރިޕޯޓެއް ނެރެފި

ޓުއަރިޒަމް މިނިސްޓަރު އަދީބަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޮޑިޓް ރިޕޯޓެއް ނެރެފި

ޓުއަރިޒަމް މިނިސްޓަރު އަދީބަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޮޑިޓް ރިޕޯޓެއް ނެރެފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ޓުއަރިޒަމް މިނިސްޓަރު އަދީބަށް ކޮރަޕްޝަނުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ އޮޑިޓް ރިޕޯޓެއް އޮޑިޓަރ ޖެނެރަލް ނެރުއްވައިފި އެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒް އިބުރާހީމް ސޮއި ކުރައްވާ އިއްޔެ ނެރުއްވި އޮޑިޓް ރިޕޯޓުގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީއަށް އެމްޕީއެލް އިން 77.1 މިލިޔަން ރުފިޔާ ޑޮލަރު ގަތުމަށް ދޫކޮށްފައިވާ ކަމަށާއި، މީގެ ތެރެއިން ދެ މިލިޔަން ޑޮލަރު އަދިވެސް އެކުންފުންޏަށް ލިބިފައި ނުވާކަމަށެވެ.

މި ފައިސާ އެމްއެމްޕީއާރުސީން ވަނީ ޓުއަރިޒަމް މިނިސްޓަރު އަދީބާއި ގުޅުން އޮތް މިލީނިއަމް ކެޕިޓަލް އިންވެސްޓްމެންޓް ކޮމްޕެނީ ލިމިޓެޑް ކިޔާ އަމިއްލަ ކުންފުންޏެއްގެ މެޖޯރިޓީ ހިއްސާދާރެއްގެ ބޭންކް އެކައުންޓަށް ޖަމާކޮށްފައި ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ވެއެވެ.

މީގެ އިތުރުން ޓުއަރިޒަމް މިނިސްޓަރު އދީބު ބާރު އަޅުއްވައިގެން އެމްއެމްޕީއާރުސީއަށް ކޮންމެހެންވެސް ބޭނުންވެގެން ކަމަށް ބުނެ 1 މިލިޔަން ޑޮލަރު ހޯދުމަށް ފަހު، އެ ފައިސާ ޓުއަރިޒަމް މިނިސްޓަރ އަހްމަދު އަދީބުގެ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް ޕވޓ ލޓޑ އަށް ލޯނެއްގެ ގޮތުގައި ދޫކޮށްފައިވާ ކަމަށްވެސް އޮޑިޓަރ ޖެނެރަލް ވަނީ ވިދާޅުވެފައެވެ.

އަދި ޓުއަރިޒަމް މިނިސްޓަރުގެ މަސްލަހަތު އޮންނަ މޮންޓިލިއަން އިންޓަނޭޝަނަލް ކުންފުންޏަށް، ދ.މާގައު ކިޔާ ފަޅުރަށުގެ ލީސް ރެންޓުވެސް ހަވާލު ކޮށްފައިވާ މައްސަލައެއް އޮޑިޓަރ ޖެނެރަލް ވަނީ ފެންމަތި ކުރައްވާފައެވެ.

މި މައްސަލަ ތަކާއި ގުޅިގެން ޓުއަރިޒަމް މިނިސްޓަރު ވިދާޅުވެފައި ވަނީ އޮޑިޓަރ ޖެނެރަލްގެ ރިޕޯޓަކީ ސިޔާސީ ރިޕޯޓެއް ކަމަށާއި އެރިޕޯޓް ނެރުއްވީތީ އޮޑިޓަރ ޖެނެރަލަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.

ސަރުކާރު ހިންގާ ޕީޕީއެމްގެ ފުރިހަމަ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ ވަނީ ކުއްލި ގޮތަކަށް އަލަށް އޮޑިޓަރ ޖެނެރަލަކު ޢައްޔަނު ކުރެވޭ ގޮތަށް ޤާނޫނު އިސްލާޙު ކޮށްފައެވެ. އަދި މި އިސްލާޙު ފާސްކުރިތާ މާ ގިނަ އިރުތަކެއް ނުވަނީސް ރައީސުލް ޖުމްހޫރިއްޔާވެސް ވަނީ މި އިސްލާހު ތަސްދީޤު ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.