ރަސްމީ ދަތުރުފުޅެއްގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙުމަދު މުޙައްމަދު \ދެކުނު ކޮރެއާއަށް ފުރާވަޑައިގެންފިއެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ދެކުނު ކޮރެއާއަށް ކުރައްވާ މި ދަތުރުފުޅަކީ މިމަހު 27 ން 28 އަށް ދެކުނު ކޮރެއާގެ ވެރިރަށް ސޯލް ގައި ބޭއްވުމަށް ހަމަޖެހިފައިވާ ރީޖަނަލް ވޯކްޝޮޕް އޮން ޕްރޮމޯރޓިންގ ފުލް އިންޕްލިމެންޓޭޝަން އޮފް ޔޫއެން ސެކިއުރިޓީ ކައުންސިލް ރިސޮލިއުޝަން 2014 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ކުރައްވާ ދަތުރުފުޅެކެވެ.
މިދަތުރުފުޅުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ އަރިހުގައި ކެޕްޓަން އިބްރާހިމް އަޝްރަފް ބައިވެރިވެލައްވައެވެ.
ވައިސް ޗީފް އޮފް ޑިފެންސް ފޯސް ދެކުނު ކޮރެއާއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މި މަހު 30 ވަނަ ދުވަހުއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...