ރާއްޖޭގެ ޚަބަރު ކުޑަކުދިންގެ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ކުރެއްވުމަށް ރައީސް ދެކޮޅު ހައްދަވައިފި

ކުޑަކުދިންގެ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ކުރެއްވުމަށް ރައީސް ދެކޮޅު ހައްދަވައިފި

ކުޑަކުދިންގެ ޤާނޫނަށް ގެނައި އިސްލާޙު ތަސްދީޤު ކުރެއްވުމަށް ރައީސް ދެކޮޅު ހައްދަވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ކުޑަކުދިންގެ ޙައްޤު ތަކާއި ބެހޭ ޤާނޫނަށް މަޖިލީހުން ގެނައި އިސްލާޙު ތަސްދީޤު ކުރެއްވުމަށް ރައީސް ޔާމީން ދެކޮޅު ހައްދަވައިފި އެވެ.

ރައީސް އޮފީހުން ވިދާޅުވީ، މި އޮކްޓޫބަރު މަހުގެ 14 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ‏‏ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި "ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ‏‏ރައްކާތެރިކުރުމާ ބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް ‏‏އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް އަނބުރާ ފޮނުއްވާ ލައްވާފައި ވާކަމަށެވެ. ‏

‏މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ‏‏ޢަބްދުﷲ މަސީޙް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ‏‏ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ‏‏ތަފްޞީލުކޮށް ބައްލަވާ ލައްވާފައިވެއެވެ.

އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ‏‏ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ‏‏ވިދާޅުވެފައިވެއެވެ. ‏

އެހެން ނަމަވެސް މި ބިލާއި ގުޅިގެން ބަންޑާރަނައިބު ކަންބޮޑުވުން ފާޅުކުރެއްވި ކަންކަމުގެ ތަފްޞީލު ރައީސް އޮފީހުން މީޑިޔާ އަށް ހާމަކުރައްވާފައެއް ނުވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.