އައިއެސްއާއި ދެކޮޅަށް ހިންގަމުން ގެންދާ ހަރަކާތްތަކަށް މިސަރުކާރުން ތާއީދު ކުރާކަމަށް އދ އަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރު ވިދާޅުވެއްޖެއެވެ.
އދ ގެ ސަލާމަތީ މަޖިލީހުގައި މިއަދު އޮތް ބަހުސްއެއްގައި ވާހަކަ ދައްކަވަމުން އަހުމަދު ސަރީރު ވިދާޅުވީ "އައިއެސްއާއި ދެކޮޅަށް އެމެރިކާއާއި ގުޅިފައިވާ އިއްތިހާދުން ހިންގަމުން ގެންދާ ހަރަކާތްތަކަށް ރައީސް ޔާމީންގެ ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ"ކަމަށާއި "އެހަރަކާތައް ރާއްޖެއިން މަރުހަބާ ކިޔާ"ކަމަށެވެ. އަދި ސަރީރު ވިދާޅުވީ "އައިއެސް ޖަމާއަތުގެ ހިޔާލާއި ފިކުރު އަދި އެމީހުންގެ ހަރަކާތްތަކަށް ރާއްޖެއިން ތާއީދު ނުކުރަން. އެޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް"ކަމަށެވެ.
އައިއެސްއާއި ދެކޮޅަށް ގުޅިފައިވާ އިއްތިހާދުން ދަނީ ހަމަލާތައް ދެމުންނެވެ. އެމެރިކާ އިސްވެ އޮވެ ފަށާފައިިވާ މިހަމަލާތަކުގައި މުސްލިމު ޤައުމުތަކުން ބައިވެރިވެފައިވާއިރު ވަކި ގޮތެއް ނުނިންމާ ހަނގުރާމައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ގައުމުތައްވެސް ވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...