މާފުށީ ޖަލުން ފިލައިގެން އުޅުނު ނުރައްކާތެރި 2 ކުށްވެރިން ހޯދުމަށް ދިވެހި ފުލުހުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް ޓީވީއެމް ޚަބަރު ގަޑީގައި ދެއްވި ބަސްދީގަތުމުގައި މިނިސްޓަރ އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރައްވައިފިއެވެ.
ނުރައްކާތެރި 2 ކުށްވެރިން ހޯދުމަށް ފުލުހުންގެ ހުރިހާ ގުނަވަންތަކެއް ބައިވެރިވެ ހިންގި ކާމިޔާބު އޮޕަރޭޝަނަކީ 100% ދިވެހި ފުލުހުންގެ އޮޕަރޭޝަނެއްކަން ފާހަގަ ކުރައްވައި ހޯމް މިނިސްޓަރ ވިދާޅުވީ ނުރައްކާތެރި ދެ ކުށްވެރިން ޖަލުންފިލިކަން އެނގުނު ވަގުތުންފެށިގެން ވޭތުވެ ދިޔަ ދުވަސްތަކުގައި ނިދުމެއް އަރާމު ކުރުމެއްނެތި ރައްޔިތުންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކޮށް ދިނުމަށް ދިވެހި ފުލުހުން ކޮށްފައި ވަނީ ބުރަ މަސައްކަތް ތަކެއް ކަމަށެވެ.
ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ، ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ދިވެހި ފުލުހުންގެ އިސްވެރިންގެ މޭސްތިރި ކަމުގެ ދަށުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ނުރައްކާތެރި 2 ކުށްވެރިން އަތުލައިގަނެ ދިވެހި އެންމެހާ ރައްޔިތުނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަން ފިލުވައިލަ ދީފައިވާކަމަށްޓަކައި ފުލުހުންގެ އިސް ވެރިންނަށާއި ދިވެހި ފުލުހުންގެ ހުރިހާ ގުނަވަންތަކެއްގައި މަސައްކަތް ކުރާ ހުރިހާ ފުލުހުންނަށް ޝުކުރުއަދާ ކުރައްވާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...