ޑިސެމްބަރުގައި ކުރުޢުމުރާއަށް ދާން މިއަދުން ފެށިގެން ނަން ނޯޓު ކުރަން ފަށައިފިއެވެ.
އަންނަ ޑިސެމްބަރު މަހު ހައްޖުކޯޕަރޭޝަނުން ކުރަން ހަމަޖައްސާފައިވާ ކުރު އުމުރާ ދަތުރުގައި ބައިވެރިވުމަށް ނަން ނޯޓް ކުރުމަށް ހުޅުވާލަައި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ވިދާޅުވީ މިއަދުން ފެށިގެން ކުރު އުމުރާ އަށް ދިޔުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓްކުރުމުގެ ފުރުޞަތު ހުޅުވާލާފައި ވާކަމަށެވެ.
މި ފުރުޞަތު ހުޅުވިފައި އޮންނާނީ މިއަދުން ފެށިގެން އަންނަ ނޮވެމްބަރު މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކަމަށް ވެސް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވެފައި ވެއެވެ.
ކުރު ޢުމުރާއަށް ދިޔުމަށް ނަންނޯޓު ކުރަން ބޭނުންވާ ފަރާތްތަކުން ހައްޖުކޯޕަރޭޝަނުގެ ހޮޓްލައިން 3011000 އަށް ގުޅައިގެންނާއި އެކޯޕަރޭޝަނުގެ އޮފީހަށް ގޮސްގެން ވެސް ނަން ނޯޓް ކުރެވޭނެ ކަމަށް ސަރުކާރުގެ ޙައްޖު ކުންފުނިން ވިދާޅުވެފައި ވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...