ރާއްޖޭގެ ޚަބަރު ގްރޭޑް 4 ގައި ކިޔަވާ ދިވެހި ކުއްޖަކު ސީރިޔާއަށް ޖިހާދަށް ފޮނުވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގްރޭޑް 4 ގައި ކިޔަވާ ދިވެހި ކުއްޖަކު ސީރިޔާއަށް ޖިހާދަށް ފޮނުވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ގްރޭޑް 4 ގައި ކިޔަވާ ދިވެހި ކުއްޖަކު ސީރިޔާއަށް ޖިހާދަށް ފޮނުވާފައިވާކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ގްރޭޑް 4 ގައި އުޅޭ ދިވެހި ކުއްޖަކު ސީރިޔާއަށް ޖިހާދަށް ފޮނުވާފައިވާ ކަމަށް ކުރީގެ ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ.

ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅެއްގައި އުޅުއްވަމުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގްރޭޑް 4 ގައި އުޅޭ ދަރިވަރަކާއި އިތުރު 3 މީހަކު ޖިހާދުގެ ނަމުގައި ސީރިޔާ އަށް ފޮނުވާފައި ވާކަމަށެވެ.

އެހެން ކަމުން މި މީހުން ފޮނުވި ބަޔަކު ހޯދުން މުހިންމު ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

އެމީހުން ފޮނުވި ބަޔަކު ހޯދުމަށް ނަޝީދު ގޮވާލެއްވި ނަމަވެސް ސީރިޔާއަށް ފޮނުވާފައިވާ ކަމަށް ނަޝީދު ވިދާޅުވި ކުޑަކުއްޖާ ހޯދުން މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވެފައެއް ނުވެއެވެ.

މީގެ ކުރިން ރައީސް ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅުގައި ވެސް ރާއްޖޭގެ 200 އެއްހާ މީހުން އިރާގާއި ސީރިއާގައި ހަނގުރާމަ ކުރަމުންދާ ކަމަށާއި އެމީހުން ޖިހާދަށް ދިއުމުގެ ކުރިން ރާއްޖޭގެ ސަލާމަތީ ބާރުތަކުގެ ތެރޭގައި ތަމްރީނު ކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.