ފައިސާ ދެއްކުމަށްފަހު ޙައްޖަށް ނުދެވުނު ފަރާތްތަކުން އިސްލާމިކް މިނިސްޓްރީއަށް އެކަން ހުށަހެޅުމަށް އެދިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ކުރައްވާފައިވާ އިއުލާނެއްގައި ވިދާޅުވީ ޙައްޖަށް ދިޔުމަށް ފައިސާ ދެއްކުމަށްފަހު ޙައްޖަށް ނުދެވިތިބި ފަރާތްތަކުގެ ތެރެއިން އަންނަ އަހަރު ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް އެދޭ ކަމަށެވެ.
އެގޮތުން ހައްޖަށް ދިއުމަށް ޓަކައި ޙައްޖު ޖަމާއަތަށް ނުތަވަ ކުންފުންޏަށް ފައިސާ ދެއްކި ކަމުގެ ރަސީދުކޮޅު ހިފައިގެން ނޮވެމްބަރު މަހުގެ 23ގެ ކުރިން މިނިސްޓްރީ އަށް ހާޒިރުވެ އެ މައުލޫމާތު މިނިސްޓްރީ އާއި ހިއްސާ ކުރެއްވުމަށް ވެސް އިސްލާމިކް މިނިސްޓްރީން އެދިވަޑައިގެންފައި ވެއެވެ.
މަލީޝާ ޖަމާޢަތާއި ފަތުހު ޖަމާޢަތަސް ޙައްޖަށް ދިޔުމަށް ފައިސާ ދެއްކި އެތައް ބަޔަކު އަދިވެސް ޙައްޖަށް ދެވޭނެ ގޮތެއްނެތިފައި ތިބިކަން ފާހަގަ ކޮށްލެވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...