ރާއްޖޭގެ ޚަބަރު ސިފައިންގެ ކޯޕްރަލް ކޯހުގެ އެއްވަނަ ކޯޕްރަލް އިސްމާޢީލް މަޒީހަށް

ސިފައިންގެ ކޯޕްރަލް ކޯހުގެ އެއްވަނަ ކޯޕްރަލް އިސްމާޢީލް މަޒީހަށް

ސިފައިންގެ ކޯޕްރަލް ކޯހުގެ އެއްވަނަ ކޯޕްރަލް އިސްމާޢީލް މަޒީހަށް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސިފައިންގެ ކޯޕްރަލް ކޯހުގެ އެއްވަނަ ކޯޕްރަލް އިސްމާޢީލް މަޒީހަށް ލިބިއްޖެ އެވެ.

އެމް.އެން.ޑީ.އެފް ގެ ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިއުކޭޝަން ގެ ނޮންކޮމިޝަން އޮފިސާރސް އެކެޑަމީ (އެންސީއޯ އެކަޑަމީ) ގައި ހިންގި 17 ވަނަ ކޯޕްރަލް ކޯހުގެ ވަނަވަނައަށް ހޮވުނު ދަރިވަރުންނަށް ސެޓްފިކެޓް ހަވާލު ކޮށްދެއްވީ މާލޭ އޭރިއާގެ އޮޕަރޭޝަން އޮފިސަރ ކެޕްޓަން ޙުސައިން ރިޔާޒެވެ.

2014 ސެޕްޓެމްބަރު 20 އިންް އޮކްޓޯބަރު 20 ވަނަ ދުވަހަށް ހިންގުނު މި ކޯހުގެ މެރިޓުން އެއްވަނަ ދަރިވަރުގެ މަޤާމް (އޮނަރ ގްރެޖުއޭޓް އެވޯޑް) މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1 ގެ ކޯޕްރަލް އިސްމާޢީލް މަޒީހް ހާސިލްކޮށްފައި ވާއިރު، ދަންޑަހެލު އެވޯޑް ހާސިލްކޮށްފައި ވަނީ މެރިން ޑިޕްލޮއިމަންޓް ޔުނިޓްް 3 ގެ ކޯޕްރަލް އަޙްމަދު އަމްޖަދެވެ.

ކޯޕްރަލް ކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެންސީއޯ އެކަޑަމީގެ ޑައިރެކްޓަރ ކެޕްޓަން އިސްމާޢީލް ފަރުވީން އާއި ކޯހުގެ ދަރިވަރުންނާއި މުދައްރިބުން ބައިވެރިވެލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.