ޖަލުން ފިލައިގެން އުޅޭ ދެ ކުށްވެރިންގެ ތެރެއިން ފަރިޔާޝް އަތުލައިގެންފިއެވެ.
ފުލުހުން ވިދާޅުވީ ޖަލުން ފިލައިގެން އުޅޭ ދެ ކުށްވެރިން ހޯދުމަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެ ދެ މީހުންގެ ތެރެއިން އެކަކު އަތުލައިގެންފައި ވާކަމަށެވެ.
އެހެން ނަމަވެސް އަތުލައިގަތީ ކާކުކަން ފުލުހުން ހާމަކޮށްފައެއް ނުވެއެވެ. މިކަން ފުލުހުން ހާމަނުކުރި ނަމަވެސް ފަރިޔާޝް އަތުލައިގަތުމަށްފަހު ނަގާފައިވާ ފޮޓޮއެއް ހޯމް މިނިސްޓަރު ވަނީ ޢާއްމު ކުރައްވާފައެވެ.
ޖަލުގައި ޙުކުމް ތަމްފީޒު ކުރަމުންދާ ކ. މާލެ، ގ. ކޯޒީ އިބްރާޙީމް ޝަހްމު އާދަމް (23އ) އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު (26އ) ޖަލުން ފިލާފައިވާކަން އެނގިފައިވަނީ މި އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހުގެ ރޭ 20:30 ހާއިރު އެވެ.
އެ ދެ މީހުންގެ ތެރެއިން ފަރިޔާޝް ފުލުހުން އަތުލައި ގެންފައި ވާއިރު، އަނެއްމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...