އެމްއެންޑީއެފް ގެ ޑިފެންސް އިންސްޓްޓިއުޓް ފޯ ޓްރޭނިންގ އެންޑް އެޑިއުކޭޝަނާއި ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ގުޅިގެން ހިންގި ޤާރީ ކޯސް ސެޓްފިކެޓް ލެވެލް 1 ގެ ދެވަނަ ކޯސް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
ކޯސްޓްގާޑް ކޮންފަރެންސް ހޯލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ކޯހުގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ޑެޕިއުޓީ މިނިސްޓަރ އަލްޤާރީ ޢަލީ ވަހީދު ޢަބުދުއްރަހްމާނެވެ.
އޮގަސްޓް 10 ން ސެޕްޓެމްބަރ 30 އަށް ހިންގި މި ކޯހުގައި ޖުމްލަ 21 ބައިވެރިއަކު ބައިވެރިވެ ހުރިހާ ބައިވެރިން ވަނީ ކޯހުން ފާސްވެ ސެޓްފިކެޓް ހާސިލު ކޮށްފައެވެ.
މިކޯސް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ބައެއް އިސް އޮފިސަރުންނާއި ޔުނިޓްތަކުގެ ކޮމާންޑަރުން ނާއި ކޯހުގެ ބައިވެރިން ބައިވެރިވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...