ޔޫއޭއީގެ ޚަލީފާ ފައުންޑޭޝަނުން އިސްލާމީ މަރުކަޒު މަރާމާތު ކޮށްދިނުމަށް ހަމަޖެހިއްޖެ އެވެ.
މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިސްލާމީ މަރުކަޒުގައި ކުރަން ޖެހިފައި ހުރި ހުރިހާ މަރާމާތެއް ކުރުމަށް ބޭނުންވާ އެހީތެރިކަން އެކުވެރި ޢަރަބި ޢިމާރާތުގެ ޚަލީފާ ފައުންޑޭޝަނުން ދިނުމަށް ހަމަޖެހިފައި ވާ ކަމަށެވެ.
އެހެން ނަމަވެސް މިކަމާއި ގުޅޭ އިތުރު ތަފްޞީލެއް މިނިސްޓަރު ހާމަ ކުރައްވާފައެއް ނުވެއެވެ.
ފަހަކަށް އައިސް އިސްލާމިކް މިނިސްޓްރީން ގެންދަވަނީ ރާއްޖޭގައި އިސްލާމް ދީން ކުރިއެރުވުމަށް ބޭރުގެ އެކި ޤައުމު ތަކުގެ އެހީތެރިކަން ވަރަށް މަތީ ދަރަޖަ އަކަށް ހޯއްދަވަމުންނެވެ.
އެގޮތުން މިދިޔަ ހަފްތާގައިވެސް ވަނީ ރާއްޖޭގައި ދިހަ މިސްކިތެއް އެޅުމަށް ސަޢޫދީ ވަލީޢަހުދު ދެއްވުމަށް ކަނޑައެޅުއްވި އެހީގެ ތެރެއިން 18 މިލިޔަން ރުފިޔާ އިސްލާމިކް މިނިސްޓްރީއަށް ޖަމާ ކޮށްދެއްވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...