ރާއްޖޭގެ ޚަބަރު ދުވާފަރަށް ނަގޫރޯޅިއެއް އަރައި މޫދަށް ވެޓުނު ޒުވާނަކު ފުލުހުން ސަލާމަތް ކޮށްފި

ދުވާފަރަށް ނަގޫރޯޅިއެއް އަރައި މޫދަށް ވެޓުނު ޒުވާނަކު ފުލުހުން ސަލާމަތް ކޮށްފި

ދުވާފަރަށް ނަގޫރޯޅިއެއް އަރައި މޫދަށް ވެޓުނު ޒުވާނަކު ފުލުހުން ސަލާމަތް ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުވާފަރަށް ނަގޫރޯޅިއެއް އަރައި މޫދަށް ވެޓުނު ޒުވާނަކު ފުލުހުން ސަލާމަތް ކޮށްފިއެވެ.

ފުލުހުން ވިދާޅުވީ އިއްޔެ އިރު އޮއްސި 18:07 ހާއިރު ރ.ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރު މަތީގައި ހުރި މީހަކު މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ފުލުހެއްގެ މަސައްކަތުން އޭނާ ސަލާމަތް ކޮށްފައި ވާކަމަށެވެ.

ދުވާފަރަށް އެރި ނަގޫރޯޅީގައި ބަނދަރުމަތީ ހުއްޓާ މޫދަށް ވެއްޓިފައި ވަނީ 26 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ މޫދަށް ވެއްޓި އޮޔަވަރާއެކު ބޭރަށްދާ މަންޒަރު އެވަގުތު ދުވާފަރު ޕެޓްރޯލް ކުރުމުގައި ހަރަކާތްތެރިވި ފުލުހުންގެ ވެހިކަލްގައި ތިބި ފުލުހުންނަށް ފެނުމާއެކު ފުލުހުންގެ ވެހިކަލްގައި އިން ޕޮލިސް ކޯފްރަލް މުޙައްމަދު އީމާން ވަނީ މޫދަށް ފުންމާލާ ފަތާފައިގޮސް ގެނބެމުން ދިޔަ މީހާ ސަލާމަތް ކޮށްފައެވެ.
މިހާދިސާގައި މޫދަށް ވެއްޓި ގެނބެމުން ދަނިކޮށް ސަލާމަތްކުރި މީހާއަށް ލޮނު ބޮވިފައި ވުމުގެ ސަބަބުން ރ.ދުވާފަރު ސިއްޙީމަރުކަޒުގައި ދަނީ ފަރުވާ ދެމުންނެވެ.
ދުވާފަރަށް އެރި ނަގޫރޯޅީގެ ސަބަބުން އެވަގުތު ދުވާފަރު ބަނދަރުގައި އަޅާފައި ހުރި ބައެއް އޮޑިދޯނިފަހަރުގެ ވާތަށް ކަނޑައިގެން ދިއުމުގެ އިތުރުން ބަނދަރު މަތީގައި ޕާކުކޮށްފައި އޮތް ކާރެއް ކަހާލައިގެން ގޮސް 30 ފޫޓު ދުރުގައި ހުރި ހޮޅިދަނޑިއެއްގައި ޖެހުމުގެ ސަބަބުން ކާރަށް އެކިވަރުގެ ގެއްލުންތައް ލިބިފައި ވާކަމަށް ރ.ދުވާފަރު ޕޮލިސް ސްޓޭޝަނުން މަޢުލޫމާތު ދީފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.