ޝަރީޢަތް މެދުވެރިކޮށް އަގުދޭގޮތަށް ރައްޔިތުންގެ ތަކެތި ސަރުކާރަށްނެގުމުގެ ޤާނޫނު އުވާލައިފިއެވެ.
ޝަރީޢަތް މެދުވެރިކޮށް އަގުދޭގޮތަށް ރައްޔިތުންގެ ތަކެތި ސަރުކާރަށްނެގުމުގެ ޤާނޫނު އުވިފައި ވަނީ އަލަށް އެކުލަވާލި ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ޤާނޫނު ނަންބަރު 77/6 (ޝަރީޢަތް މެދުވެރިކޮށް ކަނޑައެޅޭ އަގެއް ދޭ ގޮތުގައި ސަރުކާރަށް ބޭނުންވާ ބައެއް އެއްޗެހި ނެގުމާބެހޭ ޤާނޫނު) އުވާލުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ކުރެއްވުމާއި ގުޅިގެންނެވެ.
ޤާނޫނުއަސާސީގެ 92 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤު ކުރައްވާފައި ވަނީ މި މަހުގެ 15 ވީ ބުދަ ދުވަހު އެވެ.
ރައީސުލް ޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން މި ބިލު ތަޞްދީޤް ކުރެއްވުމާ ގުޅިގެން، މި ބިލު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރައްވާ އެއަށް ޢަމަލު ކުރަން ފައްޓަވާފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...