އެމްއެންޑީއެފް ނޮދަން އޭރިއާއިން "އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިޢާރުގެ ދަށުން ހިންގާ ހޭލުންތެރިކުރުމުގެ ދެވަނަ ޕްރޮގްރާމް ރ.އަލިފުށީގައި ފަށައިފިއެވެ.
މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ހިންގާ މިޕްރޮގްރާމުގައި އަލިފުށި ސްކޫލުގައި ކިޔަވާ 60 ދަރިވަރުންނާއި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ބައިވެރިވަމުންނެވެ.
މިޕްރޮގްރާމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވާނެ ގޮތްތަކާއި ކުއްލި ހާލަތުގައި ފުރަތަމަ އެހީ ދޭނެ ގޮތްތައް ދަސްކޮށްދޭނެއެވެ. މީގެ އިތުރުން ދުޅަހެޔޮ ސިއްޙަތެއްގައި ތިބުމަށް ކަސްރަތު ކުރުމުގެ މުހިންމުކަމާއި ގުޅޭ ގޮތުން ކުލާސްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް ނޮދަން އޭރިއާއިން އިސްނަގައިގެން "އަމިއްލަ ސަލާމަތް- އަމިއްލަ ޝައުޤުގައި" މިޝިއާރުގެ ދަށުން ހިންގި ފުރަތަމަ ޕްރޮގްރާމް ހިންގާފައި ވަނީ ރ.ރަސްގަތީމުގައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...