ރާއްޖޭގެ ޚަބަރު ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާދަމާ މާލެ އަންނަނީ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާދަމާ މާލެ އަންނަނީ

ދިވެހި ޙައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާދަމާ މާލެ އަންނަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދި އަރަބިއްޔާއަށް ގޮސް ތިބި ދިވެހި ހައްޖުވެރިންގެ ފުރަތަމަ ގުރޫޕް މާދަމާ މާލެ އައުމަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ވިދާޅުވީ މާދަމާ އެންމެ ފުރަތަމަ މާލެ އައުމަށް ހަމަޖެހފައި ވަނީ ސިސިލްފަރު ހައްޖު އެންޑް އުމުރާ ގުރޫޕާއެކު ހައްޖަށް ވަޑައިގެންނެވި ބޭފުޅުން ކަމުގަ އެވެ.

މީގެ އިތުރުން އަންނަ އާދީއްތަ ދުވަހު ވެސް ދެ ގުރޫޕެއްގެ ފަރާތުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން މާލެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަންނަ އާދީއްތަ ދުވަހު މާލެ ވަޑައިގަތުމަސް ހަމަޖެހިފައި ވަނީ މިނާ ހައްޖު އެންޑް އުމްރާ ގުރޫޕާއި، ފަތުހު ހައްޖު އެންޑް އުމްރާ ގުރޫޕަށް ފައިސާ ދެއްކެވި ބޭފުޅުންނެވެ.

މީގެ އިތުރުން އެކްރޯ ޖަމާއަތާއެކު ހައްޖަށް ވަޑައިގެންނެވި ބޭފުޅުން މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ އަންނަ ހޯމަ ދުވަހު އެވެ. އަދި ޙައްޖު ކޯޕަރޭޝަނުން ޙައްޖަށް ވަޑައިގެންނެވި ބޭފުޅުން އަންގާރަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާއި ހަމައަށް މާލެ ވަޑައިގަންނަވާނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.