މަޑުއްވަރިއަށް ދިޔަ ފުލުހުން ތަކަކަށް ބަޔަކު ޙަމަލާދީފިއެވެ.
މި ޙަމަލާ ދީފައި ވަނީ ކޯޓު އަމުރައްގެ ދަށުން ދެމީހަކު ހައްޔަރު ކުރުމަށް ފުލުހުން ރ މަޑުއްވަރިއަށް ދިޔުމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންނަށް ޙަމަލާ ދީފައި ވަނީ ދުރުގައި ތިބެގެން އޮއްގާފަދަ ތަކެތި އުކައިގެން ކަމަށާއި މި ޙާދިސާގައި އެއްވެސް ފުލުހަކަށް ބޮޑު އަނިޔާ އެއް ލިބިފައި ނުވާކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ޙާދިސާގައި އަނިޔާވި ފުލުހުންނަށް ރ މީދޫގައި ފަރުވާދީފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލާގައި ފުލުހުން އެކަކު ހައްޔަރު ކޮށްފައި ވާއިރު އިތުރު މީހުން ހޯދައި ހައްޔަރު ކުރުމުގެ މަސައްކަތް ކުރިޔަށް ދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...