ރާއްޖޭގެ ޚަބަރު ދިވެހި ޙައްޖުވެރިން ދަތުރުކުރި ބަހެއް ފުރޮޅާލި ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: މިނިސްޓަރު

ދިވެހި ޙައްޖުވެރިން ދަތުރުކުރި ބަހެއް ފުރޮޅާލި ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: މިނިސްޓަރު

ދިވެހި ޙައްޖުވެރިން ދަތުރުކުރި ބަހެއް ފުރޮޅާލި ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް: މިނިސްޓަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ޙައްޖުވެރިން ދަތުރުކުރި ބަހެއް ފުރޮޅާލި ކަމަށް ބުނެ ފެތުރީ ދޮގު ޚަބަރެއް ކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މައްކާގައި ހުންނަވައިގެން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ދިވެހި ޙައްޖުވެރިން ދަތުރުކުރި ބަހެއް ފުރޮޅާލާފައި ނުވާ ކަމަށާއި، އެ ވާހަކަ އަކީ ގަސްތުގައި ބަޔަކު ފަތުރަމުން ގެންދާ ދޮގުވާހަކަތަކެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށްދިޔަ ހުރިހާ ހައްޖާޖީންގެ ހާލު ރަނގަޅު ކަމަށާއި ހުރިހާ ޙައްޖާޖީން ވެސް ޢަރަފާތު ބިމަށް ގޮސް ޙައްޖުގެ މަތިވެރި އަޅުކަން ފުރިހަމަ ކޮށްފައި ވާކަމަށެވެ.

ޙައްޖުވެރިންގެ ކަންކަން ބެލެެއްޓެވުމަށް އިސްލާމިކް މިނިސްޓަރުވެސް އިސްކޮށް ހަރަކާތްތެރި ވަމުން ގެންދަވާއިރު މިނިސްޓަރު ވިދާޅުވީ، ދިވެހި ހައްޖާޖީންގެ ކަންކަން ސަރުކާރުން ވަރަށް ގާތުން ބަލަމުން ގެންދާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.