ރާއްޖޭގެ ޚަބަރު އދ. ގައި ތަގުރީރު ކުރެއްވުމަށްފަހު ރައީސް ވަހީދު މާލެ ވަޑައިގެންފި

އދ. ގައި ތަގުރީރު ކުރެއްވުމަށްފަހު ރައީސް ވަހީދު މާލެ ވަޑައިގެންފި

އދ. ގައި ތަގުރީރު ކުރެއްވުމަށްފަހު ރައީސް ވަހީދު މާލެ ވަޑައިގެންފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާގެ އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތު އދ. ގެ 69 ވަނަ އާންމު މަޖިލީހުގައި، ކުރީގެ ރައީސް ޑރ. މުހައްންމަދު ވަހީދު ހަސަން މަނިކު ތަގުރީރު ކުރެއްވުމަށްފަހު މާލެ ވަޑައިގެންފި އެވެ.

އެމަނިކުފާނު ރާއްޖެ ވަޑައިގަތުމުން މަރުހުބާ ދެންނެވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

އދ. ރައީސް ވަހީދު ދެއްވި ތަގުރީރުގައި ރާއްޖޭގައި ޑިމޮކްރަސީ ގާއިމްކުރުމަށް ވޭތުވެދިޔަ ތަނުގައިކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ.

އަދި ވަރަށް ކައިރި މާޒީއެއްގައި، ރާއްޖެއިން ތަޖުރިބާކުރަންޖެހުނީ ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކަކާ ކަމަށާއި، ސުލްޙަވެރިކަމާއި އަމާންކަމާއެކު އެކަންކަމުން މިހާރު އަރައިގަނެވިފައިވާ ކަމަށާއި އެފަދަ ނުރައްކާތެރި ގޮންޖެހުންތަކުން އަރައިގަނެވިފައިވަނީ ބޭރުގެ ނުފޫޒެއް ނެތި، ދިވެހިންގެ އަމިއްލަ މަސައްކަތުން ކަމަށް ވެސް ރައީސް ވަހީދު ވިދާޅުވެފައި ވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.