“ސަލާމަތާ ރައްކާތެރިކަން ފުރަތަމަ އަސާސް” ނަމުގައި ޚާއްޞަ އޮޕަރޭޝަނެއް ފުލުހުން ރ އަތޮޅުގައި ފަށައިފިއެވެ.
ފުލުސް އޮފީހުން ވިދާޅުވީ މިއަހަރުގެ އަޟްހާޢީދު ބަންދުގައި ރ. އަތޮޅު ރަށްރަށުގައި ސަލާމަތާއި ރައްކާތެރިކަން ޤާއިމްކޮށް ރައްޔިތުންނަށް އަމާންކަމާ ހިތްހަމަޖެހުމާއި ރައްކާތެރިކަމާއެކު ޢީދުގެ އުފާ ފާޅުކުރެވޭނެ އިންތިޒާމުތައް ހަމަޖައްސައި ދިނުމަށް ރ. އަތޮޅުގެ ޕޮލިސްސްޓޭޝަންތައް ގުޅިގެން އެއަތޮޅުގައި “ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރަތަމަ އަސާސް” ނަމުގައި އޮޕަރޭޝަނެއް ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ.
ޢީދުގެ އެންމެހާ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިޔަށްގެދިއުމަށް ފަށައިފައިވާ “ސަލާމަތާއި ރައްކާތެރިކަން އެންމެ ފުރަތަމަ އަސާސް” ގެ ނަމުގައި ހިންގާ އޮޕަރޭޝަން ފެށުމުގެ ކުރިން ޕޮލިސް ސްޓެޝަންތަކުން ވަނީ އޮޕަރޭޝަން ކުރިޔަށް ގެންދާނެގޮތުގެ ތާވަލެއް އެކުލަވާލައި ރ.އަތޮޅުގެ ކައުސިލްތަކާއި ކުލަބު ޖަމްއިއްޔާ ޖަމާޢަތް ތަކާއި އީދަށް ރަށްރަށުގައި އެކުލަވާލެވިފައިވާ ޢީދު ކޮމިޓީ ތަކާއި ޙިއްސާ ކޮށްފައެވެ.
2014 ސެޕްޓެމްބަރ މަހުގެ 25 ވަނަދުވަހުން ފެށިގެން ރ.އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ފުލުހުން ރ.އަތޮޅުގެ ރަށްރަށުގެ ކައުންސިލް ތަކާއި އެރަށްރަށުގައި ޢީދު ކުޅިވަރުތަށް ކުޅުމަށް އެކުލަވާލެވިފައިވާ ޢީދު ކޮމެޓީތަކާއި ބައްދަލު ކޮށް ފުލުހުންގެ ޙަރަކާތްތައް ގެންދާނެގޮތް ވަނީ ޙިއްސާ ކޮށްފައެވެ. މިގޮތުން ރ. އަލިފުށީ ޕޮލިސް ސްޓޭޝަންގެ ފުލުހުން އަލިފުށި، ވާދޫ، ރަސްގެތީމް ގެ ކައުންސިލްތަކާއި ޢީދު ކޮމިޓީ ތަކާއި ބައްދަލު ކޮށްފައިވާއިރު އުނގޫފާރު ޕޮލިސް ސްޓޭޝަންގެ ފުލުހުން އުނގޫފާރު ކައުސިލްއާއި ޢީދު ކޮމިޓީތަކާއި ބައްދަލު ކުރުމުގެ އިތުރަށް އަނގޮޅިތީމް، ހުޅުދުއްފާރު، މާކުރަތު، އިންނަމާދޫ، ރަސްމާދޫގެ ކައުސިލް ތަކާއި އީދުގެ ސަލާމާތްތެރި ކަމާއި ބެހޭ ގޮތުން މަސްވަރާކުރެވިފައިވެއެވެ. އަދި ދުވާފަރު ޕޮލިސް ސްޓޭޝަނުން ދުވާފަރު ކައުންސިލް އިދާރާއާއި އެރަށުގެ ޢީދު ކޮމިޓީއާއި ބައްދަލު ކޮށްފައި ވާއިރު އިނގުރައިދޫ ޕޮލިސް ސްޓޭޝަނުން އިނގުރައިދޫ، ފައިނު، ކިނޮޅަހުގެ ކައުސިލްތަކާއި ޢީދު ކޮމިޓީ ތަކާއި ބައްދަލު ކުރުމުގެ އިތުރުން މީދޫ ޕޮލިސް ސްޓޭޝަންގެ ފުލުހުން މީދޫގެ ކައުސިލްއާއި މީދޫ ޢީދު ކޮމިޓީއާއި ބައްދަލު ކުރުމުގެ އިތުރަށް ރ.މަޑުއްވަރީގެ ކައުސިލްއާއި އެރަށުގެ ޢީދު ކޮމިޓީ މަޝްވަރާ ކުރެވިފައިވެއެވެ.
މިއޮޕަރޭޝަންގެ ދަށުން، ރަށްރަށުގައި ޢީދުގެ ކުޅިވަރުތަކާއި ގުޅިގެން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ މަޢުލޫމާތު ރައްޔިތުންނަށްދީ، ޢީދުގައި ހިންގާ ކޮންމެ ޙަރަކާތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅަށް އިސްކަންދިނުމަށް ހުރިހާ ފަރާތެއްގައިވެސް ފުލުހުން ވަނީ އެދިފައެވެ. އަދި ނުރައްކާތެރި ޙާދިސާއެއް ކުރިމަތިވެއްޖެނަމަ ފުލުހުންނަށް ގުޅުމުގައި ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތުދީ އެކިއެކި ބޭނުންތަކުގައި ރަށުން ބޭރަށް ދާއިރު އަދި ފުރައިގެން ތަންތަނަށް ދާއިރު ސަލާމަތީ ގޮތުން އިސްކަންދޭންޖެހޭ ކަންކަމަށް ބާރުއަޅައި މަޢުލޫމާތު ދީފައިވެއެވެ. މީގެއިތުރުން ރ. އަތޮޅުގައި ފުލުހުން ތިބޭ ހުރިހާ ރަށެއްގައިވެސް ފުލުހުންގެ ޙަރަކާތްތައް އިތުރުކޮށް އެކިއެކި ވަގުތުތަކުގައި ރަށުތެރެ ބެލެހެއްޓުން ވަނީ އިތުރުކޮށްފައެވެ.
2014 އޮކްޓޫބަރ 03 ވަނަދުވަހުގެ 00:00 އިންފެށިގެން، ދިމާވެދާނެ ހާދިސާއަކަށް ރ.އަތޮޅުގެ ފުލުހުން ތައްޔާރީ ހާލަތަށް އައިސްފައިވާއިރު މިހާތަނަށް ރ.އަތޮޅުގެ ރަށްރަށަށް އީދު ކުޅިވަރު ތަކުގައި ބައިވެރިވުމަށް 3000 އަށް ވުރެގިނަމީހުން ޒިޔާރަތް ކޮށްފައިވާ ކަމަށް ރ.އަތޮޅުގެ ރަށްރަށުގެ ކައުސިލްތަކުން ވަނީ ފުލުހުންނަށް މަޢުލޫމާތު ދީފައެވެ.
ރ. އަތޮޅުގެ ރަށްރަށުގައި ޢީދު ފާހަގަ ކުރުމަށް ތަފާތު ކުޅިވަރުތައް ކުލެމުންދާއިރު އެއަތޮޅުގައި ފުލުހުންތިބޭ ރަށްރަށުގައި އެފަދަ ކުޅިވަރުތައް ހިނގަމުންދާއިރު ފުލުހުންވެސް ޙަރަކާތްތެރިވަމުން ދާނެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...