ރާއްޖޭގެ ޚަބަރު ރާއްޖޭގެ އުފެއްދުންތައް ފާހަގަ ވާގޮތަށް ވަަކި ނިޝާނެއް ޖަހަނީ

ރާއްޖޭގެ އުފެއްދުންތައް ފާހަގަ ވާގޮތަށް ވަަކި ނިޝާނެއް ޖަހަނީ

ރާއްޖޭގެ އުފެއްދުންތައް ފާހަގަ ވާގޮތަށް ވަަކި ނިޝާނެއް ޖަހަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހިރާއްޖޭގައި އުފައްދާ އުފެއްދުންތަކުގައި އެއީ ރާއްޖޭގެ އުފެއްދުމެއް ކަން އަންގައިދޭ ނިޝާނެއް ޖެހުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެމިނިސްޓްރީން ބުނީ މިފަދަ ލޯގޯއެއް ޖެހުމަށް ނިންމީ ދިވެހިރާއްޖޭގެ އުފެއްދުންތައް ކުރިއަރުވާ ޕްރޮމޯޓްކޮށް އަދި ރާއްޖޭގެ އުފެއްދުންތަކަށް ހަމަ އަގު ލިބޭނެގޮތް ފަހިކުރުމުގެ ބޭނުމުގައި ކަމަށެވެ.

އާންމުކޮށް ހުރިހާ ފަރާތްތަކަށް ވެސް ވާދަކުރެވޭ މި މުބާރާތުގައި އެއްވަނަ އަށް ދާ ފަރާތަކަށް 25،000 ރ. ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ނިންމާފަ އެވެ. އަދި އެއްވަނައަށްދާ ފަރަތެއްގެ ލޯގޯ ޖެނުއިން މޯލްޑިވިއަން ޕްރޮޑަކްޓް ސެޓިފިކޭޝަން ސްކީމްގެ ލޯގޯގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމުގައި ވެސް އެ މިނިސްޓްރީން ބުނެ އެވެ.

މި މުބާރާތުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މަހުގެ ދެވަަނަ ދުވަހުގެ ނިޔަލަށެވެ.

ލޯގޯ ފަރުމާކުުރުމުގެ މުބާރާތުގައި އަމަލުކުރާ އުސޫލު އަދި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް އިކޮނޮމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭ ގޮތަށް މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.