ރާއްޖޭގެ ޚަބަރު ޢިރާގާއި ޝާމް ކަރައަށް ބޮން އަޅައި ފިދާޢީ ޙަމަލާތައް ދިނުމަކީ ދީނުގައި ހުއްދަ ކަމެއްނޫން

ޢިރާގާއި ޝާމް ކަރައަށް ބޮން އަޅައި ފިދާޢީ ޙަމަލާތައް ދިނުމަކީ ދީނުގައި ހުއްދަ ކަމެއްނޫން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޢިރާގާއި ޝާމް ކަރައަށް ބޮން އަޅައި ފިދާޢީ ޙަމަލާތައް ދިނުމަކީ ދީނުގައި ހުއްދަ ކަމެއްނޫން ކަމަށް ސަޢޫދީ އަރަބިއްޔާގެ އެންމެ މަތީ މުފްތީ އަބްދުލްއަޒީޒް އިބްން އަބްދުﷲ އައްޝައިޚް ވިދާޅުވެއްޖެއެވެ.

ޙައްޖު ޚުތުބާގައި ސަޢޫދީގެ އެންމެ އިސް މުފްތީ ވިދާޅުވީ އިރާޤާއި ޝާމްކަރައިގައި ބޮން އަޅައި، އަދި ފިދާޢީ ހަމަލާތައް ދެމުން ދާއިރު އެކަމަކީ އިސްލާމް ދީނުގައި ހުއްދަ ކަމަކަށް ނުވާނެ ކަމަށާއި، ޙައްޤަކާއި ނުލާ މުސްލިމުން މުސްލިމުންނަށް ހަމަލާ ދިމެރުމަކީ ޙަރާމް ކަމެއް ކަމަށެވެ.

ސަޢޫދީ މުފްތީ ވިދާޅުވީ ޢިރާޤާއި ޝާމްކަރަ ފަދަ ތަންތަނުގައި މުސްލިމުން މުސްލިމުންނާއި ހަނގުރާމަ ކޮށް މަރަމުން ދިޔުމަކީ ވަރަށް ބޮޑު ފާފައެއް އަދި ފިތުނައެއް ކަމަށާއި، މި ފިތުނައިން އިސްލާމީ އުއްމަތް ސަލާމަތް ކުރަން ޖެހޭ ކަމަށެވެ.

މުސްލިމުން މުސްލިމުންނާއި ހަނގުރާމަ ކުރުން ހުއްދަ ނޫން ކަމަށާއި، މުސްލިމުންގެ ބޮލަށް ބޮންއަޅައިގެންނާއި ފިދާޢީ ހަމަލާތައް ދީގެން މުސްލިމުން މެރުން ހުއްދަ ނޫން ކަމަށް ސަޢޫދީ މުފްތީ ވިދާޅުވިއިރު، ކާފަރުން އިސްކޮށް ތިބެ ފަލަސްޠީނުގެ ޣައްޒާ ސުންނާފަތި ކުރިއިރު ސަޢޫދީ ސަރުކާރުން ވަނީ ހަނު އޮވެފައެވެ.

އެހެން ނަމަވެސް އިސްލާމީ ޚިލާފަތެއް ބަޔަކު އިޢުލާނު ކުރުމުން އެމީހުންގެ ބޮލަށް ބޮންއެޅުމަށާއި މުސްލިމުން މެރުމަށް ކާފަރުން އެކުލަވާލި ހަނގުރާމައިގެ ލަޝްކަރުގެ ދިދަ ދީފައި ވަނީ ސައޫދީ އަރަބިއްޔާ އަށެވެ.

ސަޢޫދީން މިހާރުވެސް ގެންދަނީ ކާފަރުންނާއި ގުޅިގެން ސީރިޔާ އާއި ޢިރާޤުގެ މުސްލިމު ރައްޔިތުންގެ ބޮލަށް ބޮންއަޅައި ކޮންމެ ދުވަހަކު އެތައް ބަޔަކު މަރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.