ރާއްޖޭގެ ޚަބަރު ޢީދު ބަންދުގައި މާލެތެރެ ބެލެހެއްޓުން ވަރުގަދަ ކުރަނީ

ޢީދު ބަންދުގައި މާލެތެރެ ބެލެހެއްޓުން ވަރުގަދަ ކުރަނީ

ޢީދު ބަންދުގައި މާލެތެރެ ބެލެހެއްޓުން ވަރުގަދަ ކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަޟްޙާޢީދު ބަންދާ ގުޅިގެން މާލޭގެ އަމާންކަން ދަމަހައްޓައި ރައްޔިތުންނާ މުދަލާއި ގޯތިގެދޮރުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ މަޢުލޫމާތު ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ފުހުންނަށް ދީފިއެވެ.

މިއަދު މެންދުރު އިސްކަންދަރު ބިލްޑިންގުގައި އޮތް ބައްދަލުވުމުގައި މި މަސައްކަތްތަކުގެ މަޢުލޫމާތު ފުލުހުންނާ ޙިއްސާކުރައްވައި ބްރީފިންގ ދީފައިވަނީ ސެންޓްރަލް އޮޕްރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން އާއި ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ޝަރީފް އެވެ.

މިއަހަރުގެ އަޟްހާ ޢީދު ބަންދުގައި މާލޭގައި ފުލުހުން ހިނގާ އިތުރު ޙަރަކާތްތައް ކުރިޔަށް ގެންދާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތާއި ފުލުހުންގެ މަސައްކަތްތައް ރާވާފައިވާ ގޮތުގެ މަޢުލޫމާތު މިބައްދަލުވުމުގައި ވަނީ ފުލުހުންނާ ޙިއްސާ ކޮށްފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.