ރާއްޖޭގެ ޚަބަރު މިއަހަރުގެ އަޟްހާ ޢީދުވެސް ބޮޑު ޖަމާޢަތުގައި ( 1435 ހ )

މިއަހަރުގެ އަޟްހާ ޢީދުވެސް ބޮޑު ޖަމާޢަތުގައި ( 1435 ހ )

މިއަހަރުގެ އަޟްހާ ޢީދުވެސް ބޮޑު ޖަމާޢަތުގައި ( 1435 ހ )

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިއަހަރުގެ ބަރަކާތްތެރި އަޟްހާ ޢީދު ނަމާދު ވެސް މައިދާނުގައި ބޮޑު ޖަމާޢަތުގައި ކުރާގޮތަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ވިދާޅުވީ މިއަހަރުގެ އަޟްހާ ޢީދު ވެސް ބޮޑު ޖަމާޢަތުގައި ކުރުން އޮންނާނެ ކަމަށާއި، އިމާމްވެ ޢީދު ނަމާދު ކުރައްވާނީ އިސްލާމީ މަރުކަޒުގެ އިމާމް އައްޝައިޚް މުޙައްމަދު ލަޠީފު ކަމަށެވެ.

އެހެން އަހަރުތަކުގައި ވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފައި ވަނީ މާފަންނު ސްޓޭޑިއަމްގައި ކަމަށެވެ.

ސްޓޭޑިއަމުގައި އީދު ނަމާދު ކުރުމަށް ތައްޔާރުވަމުންދާ އިރު، އަތޮޅު ތެރޭގެ ބައެއް ރަށްރަށުގައި ވެސް ހުސްބިމެއްގައި އީދުނަމާދު ކުރާގޮތަށް ދަނީ ހަމަޖައްސަމުންނެވެ. މާލެ މާފަންނު ސްޓޭޑިއަމުގައި ފާއިތުވި ފަސް ޢީދުގައި ވެސް ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.