ދިވެހި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅު ކަމަށާއި، ޙައްޖުވެރިން މިނާ އަށް ގޮސްފައި ވާކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީނާއި އެކު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް މައްކާ އަށް ވަޑައިގެން ހުންނަވައި އިސްލާމިކް މިނިސްޓަރު ޑރ މުޙައްމަދު ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ދިވެހި ހުރިހާ ޙައްޖުވެރިންގެ ޙާލުވެސް ރަނގަޅުކަމަށެވެ. މިނިސްޓަރު މިހެން ޓްވީޓް ކުރެއްވި ފަހުން މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ޙަވާލުގައި ޙައްޖަށްދިޔަ އަންހެނަކު ބަލިވެގެން ހޮސްޕިޓަލުގައި އެނދުމަތި ކުރިކަމަށް ހަވީރު ނޫހުގައި ބުނެފައި ވެއެވެ.
Dhivehi hajjaajeenah visit kurun, emmen ves haalu rangalhu.alhamdu lillah #minaa group pic.twitter.com/sCbQOn1V3A
— د.محمد شهيم علي سعيد (@Mohamedshaheem1) October 1, 2014
މީގެ އިތުރުން ދިވެހި ހުރިހާ ޙައްޖުވެރިން މިހާރު މިނާ އަށް ގޮސްފައި ވާކަމަށް ވެސް އިސްލާމިކް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
Hajj corporation ge emmehaa haajeen minaa ah naataalaafi. Alhamdu lillaah pic.twitter.com/XpGEmuAU8n
— د.محمد شهيم علي سعيد (@Mohamedshaheem1) October 1, 2014
މި އަހަރު ވެސް ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ދެ މިލިއަނަށް ވުރެ ގިނަ މީހުން މައްކާއަށް ވަނީ ޖަމާވެފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...