މިއަހަރު ތެރޭގައި އިތުރު 5 ރިސޯޓު ބީލަމަށް ލުމަށް ހަމަޖެހިފައިވާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވެއްޖެއެވެ.
ބައިނަލް އަޤްވާމީ ފަތުރުވެރި ކަމުގެ ދުވަހާއި ގުޅުވައިގެން ރައީސް ޔާމީން ވިދާޅުވީ ފަތުރުވެރިކަމަކީ ޒުވާނުންގެ ޞިނާޢަތެއް ކަމަށާއި، ދިވެހި ޒުވާނުން، އާހިތްވަރަކާއެކު ފަތުރުވެރިކަމުގެ ދާއިރާއަށް ނުކުތުމަށް ގޮވާލައްވާ ކަމަށެވެ.
ވިޔަފާރިކުރުމަށް ވިޔަސް ނުވަތަ ވަޒީފާއަށް ކަމަށްވިޔަސް ފަތުރުވެރި ކަމުގެ ދާއިރާއަކީ ޒުވާނުންނަށް ފުރުޞަތު އޮތް ދާއިރާއެއްކަން ކަށަވަރުކުރުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމަށާއި، ފަތުރުވެރިކަމަކީ ޒުވާނުންގެ ޞިނާޢަތެކެވެ. ރާއްޖޭގެ އިޤްތިޞާދީ ދާއިރާގައި އަދި ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއިން ޒުވާނުންނަށް ކުރިއަށް ދެވޭނެ މަގުތައް ތަނަވަސްކޮށްދީ، ވަޒީފާގެ ފުރުޞަތުތައް އިތުރަށް ހުޅުވާލަދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އަމާޒު ޔަޤީން ޝިއާރު ހިއްޕަވައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް ޔާމީން ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ރާއްޖޭގެ އުތުރުގައި އާމްދަނީއާއި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށްޓަކައި، މި ޞިނާޢަތުގެ ތެރެއިން އިރާދަކުރެއްވިއްޔާ އިތުރު 5 ރިޒޯޓެއް މިއަހަރުގެ ތެރޭގައި ބީލަމަށް ލައި، އެ ރިޒޯޓުތައް ތަރައްޤީ ކުރުމަށްޓަކައި ބަޔަކާ ހަވާލު ކުރެވޭނެ ކަމަށާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ފަތުރުވެރިކަން ޢާންމުކުރުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...