ދިނީ ތަފާތު މައުލޫމާތު ފޯރުކޮށްދިނުމަށް "އިޢުލަމޫ" ނަމުގައި ވަރަށް ޙާއްސަ ވޯރކްޝޮޕެއް ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އަލް-ހިޖްރަގެ ފަރާތުން އިންތިޒާމްކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ މިވޯރކްޝޮޕް އޮންނާނޯ އޮކްޓޫބަރ މަހުގެ 9 ން 11 އަށް ހުޅުމާލެ ލާލޭ ސްކޫލްގައެވެ.
ވޯރކްޝޮޕް އިންތިޒާމްކުރާ ފަރާތުން ހާމަކުރާގޮތުގައި މިވޯރކޮޝޮޕްގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ތައުހީދު، ތަހާރަތާއި ނަމާދު، ރަނގަޅު ޖަވާޒީ ހަޔާތެއް ބިނާކުރުމުގައި ދެމަފިރިންގެ ދައުރު އަދި އިސްލާމް ދީނުގެ މަތީގައި ސާބިތުވުން މިބައިތަކެވެ. މިވޯރކްޝޮޕްގައި ކިޔަވައި ދެއްވާނީ އައްޝައިޚް އިލްޔާސް ޖަމާލްއެވެ.
މިވޯރކްޝޮޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން 7772906 އަދި 7782778 ނަންބަރު ފޯނާއި ގުޅައި ރަޖިސްޓްރީ ކުރުމަށް ވޯރްކްޝޮޕް އިންތިޒާމްކުރާ ފަރާތުން އެދެއެެވެ.
މިވޯރކްޝޮޕްގައި ބައިވެރުމުގެ ފީއަކީ -/200 ރ ކަމަށާއި އެއްފަހަރާ ދެބޭފުޅުން ރަޖިސްޓްރީ ކުރައްވާނަމަ، އެއްބޭފުޅެއްގެ ބައިވެރިވުމުގެ ފީ ދައްކަވަން ނުޖެހޭނެކަމަށް ވޯރކްޝޮޕް އިންތިޒާމްކުރާ ފަރާތުން ހާމަކުރެއެވެ.
މިވޯރކްޝޮޕްގައި ރަޖިސްޓްރީ ވުމުގެ އެންމެ ފަހު ތާރީޚަކީ އޮކްޓޫބަރ 08 ވަނަ ދުވަހެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...