ކައުންސިލްތަކުގެ ބެލުމުގެ ދަށުގައިހުރި މިސްކިތްތަކާއި އިމާމުން އަނެއްކާވެސް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒްގެ ދަށަށް ބަދަލުކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެފައިވަނީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނާއި އެހެން ވެސް މުވައްޒަފުން އޮކްޓޯބަރު 1 އިން ފެށިގެން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ޑރ ޝަހީމް މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައެވެ.
އިމާމުންނާއި މިސްކިތްތައް ކައުންސިލްގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވަނީ އިދާރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުންނެވެ. ނަމަވެސް މިކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީއިން ހާމަކޮށްފައިވަނީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމާ ބެހޭ ގާނޫނުގެ ދަށުން މިސްކިތްތައް މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ހުރަހެއް ނެތް ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...