ރާއްޖޭގެ ޚަބަރު ރާއްޖެގެ ސަލާމަތީ ބާރުތަކާއި ގޭންގުތައް ދަނީ އައިއެސްގެ ފިކުރާއި ދިމާއަށް ؟

ރާއްޖެގެ ސަލާމަތީ ބާރުތަކާއި ގޭންގުތައް ދަނީ އައިއެސްގެ ފިކުރާއި ދިމާއަށް ؟

ރާއްޖެގެ ސަލާމަތީ ބާރުތަކާއި ގޭންގުތައް ދަނީ އައިއެސްގެ ފިކުރާއި ދިމާއަށް ؟

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެގެ ސަލާމަތީ ބާރުތަކާއި ގޭންގުތައް ދަނީ އައިއެސްގެ ފިކުރާއި ދިމާއަށް ކަމަށް ކުރީގެ ރައީސް ނަޝީދު އަނެއްކާވެސް ވިދާޅުވެއްޖެއެވެ.

އިނގިރޭސި ވިލާތަށް ފުރާވަޑައިގަތުމުގެ ކުރިން ރާއްޖޭގެ ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތް ކުރާ ފުލުހުންނާ ސިފައިންގެ އިތުރުން ރާއްޖޭގެ ގޭންގްތަކުން މެދުއިރުމަތީގައި ފައިހަރު ކުރަމުންދާ އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްގެ ފިކުރާއި ދިމާއަށް ލެނބެމުން ދާކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އިސްލާމް ދީންގެ ނަމުގައި ގޭންގް ތަކުގައި ހަރަކާތްތެރިވާ ކުދިންނަށް ބަޔަކު ނުބައި މައުލޫމާތުދީ ހަދަމުންދާ ކަމަށާއި އޭގެ ސަބަބުން ގޭންގްތަކުގައި ހަރަކާތްތެރިވާ ގިނަ ފަރާތްތަކެއް އައިއެސްގެ ފިކުރާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ.

މިކަމަށް ހެކި ދައްކަވަމުން ނަޝީދު ވިދާޅުވީ މި ފަހުން މާލޭގައި އައިސިސް ޖަމާއަތުގެ ހިނގާލުމެއް އެމީހުންގެ ދިދައާ އެކުގައި ބޭއްވި ކަމަށާއި އެހިނގާލުމުގައި 150 އެއްހާ މީހުން ބައިވެރިވިއިރު ގޭންގްތަކުގެ ގިނަ ބަޔަކު އެ ހިނގާލުމުގައި ބައިވެރި ވެފައިވާ ކަމަށެވެ.

މީގެ ކުރިން ވެސް އިނގިރޭސި ނޫހެއްގައި ނަޝީދު ވަނީ ރާއްޖޭގެ ސަލާމަތީ ބަރު ތަކުން ޓެރަރިސްޓުންނަށް ތަނމްރީނު ދެމުން ގެންދާ ކަމަށް ވެސް ސިފަ ކުރައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.