ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން، ފާތިމަތު އިބްރާހީމް، މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ޓަކާއި ސަޢޫދީ ޢަރަބިއްޔާއަށް ފުރާވަޑައިގެންފިއެވެ.
ރައީސުލް ޖުމްހޫރިއްޔާގެ ދެކަނބަލުން ޙައްޖަށް ފުރާވަޑައިގަތީ ރޭގައެވެ.
ރައީސް ޔާމީން ޙައްޖަށް މި ވަޑައިގަތީ ފުރަތަމަ ފަހަރަށް އދ ގެ ޢާއްމު މަޖިލީހުގެ ޖަލްސާގައި ތަޤުރީރު ކުރައްވަން ލިބިވަޑައިގެންނެވި ފުރުޞަތު ދޫކޮށްލެއްވުމަށްފަހު އެ ފުރުޞަތު ރައީސް ޑރ ވަޙީދަށް ދެއްވުމަށް ފަހުގައެވެ.
މިކަމާއި ގުޅިގެން ވިލިމާފަންނު ދާއިރާގެ މެންބަރު އަހުމަދު ނިހާން ވިދާޅުވީ، އދގެ ޢާއްމު މަޖިލީހުގައި ބައިވެރިވުމަށް ލިބިވަޑައިގެންނެވި ފުރުޞަތު ރައީސުލް ޖުމްހޫރިއްޔާ ދޫކޮށްލައްވާފައިވަނީ ޙައްޖުގެ އަޅުކަމުގެ ދުވަސްވަރާއި އދގެ ޢާއްމު މަޖިލީހުގެ ޖަލްސާ ދިމާވުމުން ކަމަށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...