ރާއްޖޭގެ ޚަބަރު ޤައުމީ ރޫޙު އާލާކުރުމަށް އެސްޓީއޯއިން ދިވެހި ދިދަ ބޭނުންކުރަނީ

ޤައުމީ ރޫޙު އާލާކުރުމަށް އެސްޓީއޯއިން ދިވެހި ދިދަ ބޭނުންކުރަނީ

ޤައުމީ ރޫޙު އާލާކުރުމަށް އެސްޓީއޯއިން ދިވެހި ދިދަ ބޭނުންކުރަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޤައުމީ ރޫޙު އާލާކުރުމަށް އެސްޓީއޯއިން ދިވެހި ދިދަ ބޭނުންކުރުމަށް ނިންމައިފިއެވެ.

މިކަމާއި ގުޅޭ ގޮތުން އެސްޓީއޯގެ މެނެޖިންގ ޑައިރެކްޓަރ އާދަމް އާޒިމް ވިދާޅުވީ، އެސްޓީއޯގެ މުވައްޒަފުންގެ މެދުގައި ގައުމީ ރޫހު އަށަގެންނެވުމަށް އެސްޓީއޯގެ ހުރިހާ ދިމާލެއްގައި ދިވެހި ދިދަ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ކޮންމެ އާދިއްތަ ދުވަހެއްގެ މަސައްކަތް ފެށުމުގެގޮތުން ގައުމީ ސަލާމް ކިޔުމާއިއެސްޓީއޯގެ އާ ޔުނީފޯމް މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި ތައާރަފް ކުރެވިގެން ދާއިރު އެ ޔުނީފޯމްގައި ވެސް ދިވެހި ދިދަ ބޭނުން ކުރެވޭއިރު އެސްޓީއޯގެ މުވައްޒަފެއްކަން އަންގައިދޭ ފާހުގައި ވެސް ދިވެހި ދިދަ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އެސްޓީއޯއިން ވަނީ ދާދިފަހުން ހިނިތުން ވުމާއި އެކު ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ސްމައިލްގެ ނަމުގައި ވެސް ޚާއްޞަ ކެމްޕޭނެއް ފަށާފައެވެ. އެސްޓީއޯއިން އެކުންފުނީގެ ހިންގުމަށް ގެންނަން ފެށި ބަދަލު ތަކާއި އެކު އެސްޓީއޯގެ ފައިދާ ވަނީ ރެކޯޑް މިންވަރަށް މައްޗަށް ޖެހިލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.