ކުޅުދުއްފުށީގައި ޓްރެފިކް ފުލުހުންގެ ޚިދުމަތް ޤާއިމު ކުރައްވާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވެއްޖެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު މިހެން ވިދާޅުވީ ތިލަދުންމަތީ އުތުރުބުރި އަށާއި އެއަތޮޅު ދެކުނު ބުރިއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި ހދ. އަތޮޅު ކައުންސިލާއި ކުޅުދުއްފުށީ ކައުންސިލާއި ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިން ކަށަވަރުކުރުމަށް ފުލުހުން ގިނަ މަސައްކަތްތަކެއް ކުރައްވަމުންގެންދަވާކަން ފާހަގަކުރައްވައި ކުޅުދުއްފުށީގައި ދިމާވާ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށް ފުލުހުން މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށަށް ވިދާޅުވިއެވެ.
އަދި ކުޅުދުއްފުށީގައިވެސް ނުރައްކާތެރި އެކްސިޑެންޓްތައް ހިންގާފައިވާކަން ފާހަގަކުރައްވައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ކުޅުދުއްފުށީގައި ޓްރެފިކް ފުލުހުން ޤާއިމްކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.
މި ބައްދަލުވުމުގައި ކުޅުދުއްފުށި ކައުންސިލް ރައީސް ދެއްކެވި ވާހަކަފުޅުގައި ކުޅުދުއްފުށީގައި ޓްރެފިކް މައްސަލަތައް އިތުރުވަމުންދާކަން ފާހަގަކުރައްވައި އެފަދަ މައްސަލަތައް މިހާރަށްވުރެ ބޮޑަށް މަސައްކަތްކޮށްދެއްވުމަށް އެދިވަޑައިގެންނެވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޓްރެފިކް ފުލުހުން މިހާރު އައްޑޫ ސިޓީގައި ވަނީ ޤާއިމްކޮށްފައެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...