ރާއްޖޭގެ ޚަބަރު "ދަހަނާ ސޭފް ޑްރައިވް" ގެ ނަމުގައި ޚާއްޞަ އިންޝުއަރެންސް ޕެކޭޖެއް

"ދަހަނާ ސޭފް ޑްރައިވް" ގެ ނަމުގައި ޚާއްޞަ އިންޝުއަރެންސް ޕެކޭޖެއް

"ދަހަނާ ސޭފް ޑްރައިވް" ގެ ނަމުގައި ޚާއްޞަ އިންޝުއަރެންސް ޕެކޭޖެއް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"ދަހަނާ ސޭފް ޑްރައިވް" ގެ ނަމުގައި ޚާއްޞަ އިންޝުއަރެންސް ޕެކޭޖެއް އަމާނާ ތަކަފުލް އިން ތައާރަފު ކޮށްފި އެވެ.

އަމާނާ ތަކަފުލް އިން ބުނީ އެންމެ ފަސްދޮޅަސް ރުފިޔާ ޚަރަދު ކޮށްގެން މި ޕެކޭޖުގެ ދަށުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އަހަރަކު 30،000.00 ( ތިރީސްހާސް ) ރުފިޔާ އާއި ހަމައަށް ބަދަލު ނަގައިދެވޭނެ ކަމަށެވެ.

އެހެން ނަމަވެސް އެ ކުންފުނިން އަލަށް ތަޢާރަފު ކުރި ޚާއްޞަ އިންޝުއަރެންސް ފަސް ޕެކޭޖުގެ ތެރެއިން ބޭނުން ޕެކޭޖެއް ޚިޔާރު ކުރުމުން އަހަރަކު ބަދަލު ނަގައިދެވޭ ނިސްބަތް 150،000 ( ސަތޭކަ ފަންސާސް ހާސް ) ރުފިޔާ އާއި ހަމައަށް އިތުރު ކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެ ކަމަށް އަމާނާ ތަކަފުލް އިން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

އަމާނާ ތަކަފުލްގެ މި ޚާއްޞަ އިންޝުއަރެންސް ޕެކޭޖު "ދަހަނާ ސޭފް ޑްރައިވް" ޕޮލިސީގެ ދަށުން ހާދިސާ ހިނގި ވަގުތު މަގުމަތީގައި ނުވަތަ ގޭގައި ނުވަތަ އޮފީހުގައި ނުވަތަ ރެސްޓޯރެންޓެއްގައި އިންކަމުގައިވީ ނަމަވެސް ގެއްލުމެއް ލިބިގެން އަނިޔާއެއް ލިބިއްޖެނަމަ ބަދަލުދެވޭނެ ކަމުގައި ވެސް އަމާނާ ތަކަފުލް އިން ބުނެ އެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.