ރާއްޖޭގެ ޚަބަރު ސާކުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ރައީސް ޔާމީނާއި ރައީސް ރާޖަޕަކްސަ މަޝްވަރާ ކުރައްވައިފި

ސާކުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ރައީސް ޔާމީނާއި ރައީސް ރާޖަޕަކްސަ މަޝްވަރާ ކުރައްވައިފި

ސާކުގެ ހިންގުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ރައީސް ޔާމީނާއި ރައީސް ރާޖަޕަކްސަ މަޝްވަރާ ކުރައްވައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާއި ބައްދަލު ކުރައްވައިފިއެވެ.

އިއްޔެ ހަވީރު ސްރީލަންކާގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅުގައި އޮތް މިބައްދަލު ކުރެއްވުމުގައި، ދިވެހި ރާއްޖެއާއި ސްރީލަންކާއާއި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ގާތްގުޅުމާއި، އެގުޅުން އިތުރަށް ބަދަހިކުރެއްވޭނެ ގޮތްތަކާއި ބެހޭގޮތުން ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. ވަކިން ޙާއްޞަކޮށް، މިމަހުގެ ކުރީކޮޅު ސްރީލަންކާގައި ބޭއްވުނު މޯލްޑިވްސް-ސްރީލަންކްާ ޖޮއިންޓް ކޮމިޝަނުގެ ބައްދަލުުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތައް ފާހަގަ ކުރައްވައި، އެ ބައްދަލުވުމުގެ ނިންމުންތައް އަވަހަށް ތަންފީޒު ކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ދެބޭފުޅުންގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ފެށުނު އިންޓަރނޭޝަލް ކޮންފަރެންސް އޮފް އޭޝިޔަން ޕޮލިޓިކަލް ފާޓީސް (އައި.ސީ.އޭ.ޕީ.ޕީ) ގެ 8 ވަނަ ޢާންމު މަޖިލީހަކީ ވަރަށް ކާމިޔާބު ބައްދަލުވުމެއް ކަމުގައި ބަޔާން ކުރައްވަމުން، މިފަދަ މުހިންމުު ބައްދަލުވުމެއް ކާމިޔާބު ކަމާއެކު ބޭއްވެވި ކަމަށްޓަކައި ރައީސް މަހިންދަ ރާޖަޕްކްސައަށާއި، ސްރީލަންކާގެ ސަރުކާރަށް މަރުޙަބާ ވިދާޅުވިއެވެ.

ރައީސް މަހިންދަ ރާޖަޕަކްސަގެ ވާހަކަފުޅުގައި، އައި.ސީ.އޭ.ޕީ.ޕީ ގެ 8 ވަނަ އާންމު މަޖިލީސް ހުޅުވުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނުގެ ގޮތުން ބައިވެރިވެ ވަޑައިގަތުމަށް އެމަނިކުފާނު ދެއްވެވި ދަޢުވަތު ޤަބޫލުފުޅު ކުރައްވައި، ސްރީލަންކާއަށް ޒިޔާރަތް ކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޢަަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ޝުކުރު އަދާކުރެއްވިއެވެ. ސްރީލަންކާގެ ރައީސް އިތުރަށް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށާއި، ޤައުމުގެ އިޤްތިޞާދު ފުޅާކުރެއްވުމަށް ރައީސް ޔާމީނުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތައް ފާހަގަކުރައްވައި، އެކަމަށްޓަކައި އެމަނިކުފާނަށް ތަޢުރީފުކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، މިއަހަރު ނޮވެމްބަރުމަހު ކަތަމަންޑޫގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ސާކްސަމިޓުގެ ތައްޔާރީތަކުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވައިލެއްވިއެވެ. މިމޭރުމުން، ސާކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ސާކަކީ މެމްބަރު ޤައުމުތަކުގެ ރައްޔިތުންނަށް ފައިދާކުރަނިވި ޖަމާޢަަތަކަށް ހެދުމަށްޓަކައި އެޅުއްވިދާނެ ފިޔަވަޅުތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ސްރީލަންކާގެ ފޮރިން ސެކްރެޓަރީ މިސްޓަރ ޖީ.އެލް ޕެއިރިސްއާއި، ސްރީލަންކާގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޑިރެކްޓަރ ޖެނެރަލް، މިސްޓަރ ދަރްޝަނާ އެމް. ޕްރޭރާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ މުޙަންމަދު ޙުސައިން ޝަރީފާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރާއި، ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ ނައިބު ޑޮކްޓަރ ޙުސައިން ނިޔާޒް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ސްރީލަންކާގެ ރައީސާއެކު ބޭއްވުނު ބައްދަލުކުރެއްވުމަށްފަހު، ސޯސަން ވިލާ ރިކްރިއޭޝަންސް އެންޑް ކަލްޗަރަށް ސެންޓަރަށް ވަޑައިގެން، އެތަނުގައި އެވަގަތު ތިއްބެވި ދިވެހި ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކޮށްލެއްވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.