ރާއްޖޭގެ ޚަބަރު 2006 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕްރީސްކޫލަށް ވެއްދި ކުދިންގެ ޢަދަދު 46،000 މަދު

2006 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕްރީސްކޫލަށް ވެއްދި ކުދިންގެ ޢަދަދު 46،000 މަދު

2006 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕްރީސްކޫލަށް ވެއްދި ކުދިންގެ ޢަދަދު 46،000 މަދު

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

2006 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕްރީސްކޫލަށް ވެއްދި ކުދިންގެ ޢަދަދު 46،000 ދަށަށް ގޮސްފައި ވާކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ބޯހިމެނުމުގެ ޤައުމީ މަސައްކަތް ފެށޭ މުނާސަބަތާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ދެއްވި ވީޑިއޯ މެސެޖްގައި ރައީސް ވިދާޅުވީ، 2006 ވަނަ އަހަރާ އަޅާބަލާއިރު މިދިޔަ އަހަރު ޕްރީސްކޫލަށް ވެއްދި ކުދިންގެ ޢަދަދު 46،000 މަދުވުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، މިއިން ދައްކައި މިދެނީ، ޙަޤީޤަތުގައި ރާއްޖޭގައި މިހާރު، ދުނިޔެއަށް އަންނަމުންދާ ކުދިންގެ ޢަދަދު މަދުވަމުންދާ މިންވަރު ކަމަށެވެ.

ރައީސް ވިދާޅުވީ އާބާދީއަށް އަންނަ ބަދަލު ތަކާއި އެއްވަރަށް ރާއްޖޭގެ ކުރިމަގުގެ ތަޢުލީމާބެހޭ ސިޔާސަތުގައި ޕްރީސްކޫލް، ޕްރައިމަރީ ސްކޫލްގެ ސިޔާސަތާއި ދިވެހި ސަރުކާރު ދެން ބިނާކުރުމުގެ ކަންކަން ކުރިޔަށް ގެންދާނެ ގޮތް ބަދަލުކޮށް އެކަށައަޅަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ރައީސް ވަނީ ރާއްޖޭގެ އާބާދީ މުސްކުޅިވަމުން އަންނައިރު އިޖުތިމާޢީ ސިޔާސަތު ބައްޓަން ކުރުމަށް ޓަކައި އެ ޢަދަދު ތައް އެނގެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ރާއްޖޭގެ ޒުވާނުންގެ އާބާދީ އިތުރުވަމުންދާ މިންވަރަށް ބަލާއިރު، ވޯޓްލާ ޢުމުރުފުރަޔަށް އަރާ ކުދިންގެ ޢަދަދު ކޮންމެ ފަސް އަހަރަކުން ގާތްގަނޑަކަށް 35,000 ން 40,000 އާ ދޭތެރޭގެ ޢަދަދަކަށް އިތުރުވަމުން އަންނަ ކަމަށާއި، ޒުވާން އާބާދީ ބޮޑުވަމުން އަންނަ މިންވަރާ އަޅާބަލާއިރު، ދުނިޔެއަށް އަންނަ ކުދިންގެ އަދަދު އިތުރުވާ މިންވަރު ފެންނަމުން ނުދާކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

އެހެން ކަމުން މި ތަފާތު ތައް ދެނެގަތުމަށާއި ކުރިމަގުގެ ސިޔާސަތުތައް ބައްޓަން ކުރުމުގައި އެހީތެރި ވުމަށް ހުރިހާ ފަރާތްތަކުން ވެސް ބޯހިމެނުމުގައި ސައްޙަ މަޢުލޫމާތުދީ ބޯހިމެނުމުގައި ބައިވެރި ވުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.