ރާއްޖޭގެ ޚަބަރު ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ، ސަރުކާރުގެ ބައެއް އިސް މަޤާމުތަކަށް ބޭފުޅުން ޢައްޔަނު ކުރައްވައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމުގެ މަޤާމަށާއި، މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް ބޭފުޅުން ޢައްޔަނު ކުރައްވައިފިއެވެ.

މިގޮތުން، މިނިސްޓަރ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ، ދަފްތަރު ނަންބަރު 1805 އަލްފާޟިލް ޙަސަން ޒަރީރެވެ. މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ނައިބު ކަމުގެ މަޤާމަށް ޢައްޔަނު ކުރެއްވީ، ފުވައްމުލަކު ހުނުބޮލީ އަލްފާޟިލް ޢަބްދުﷲ މުޙައްމަދުދީދީއެވެ.

މީގެ އިތުރުން، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގެ ޗީފް އެގްޒެކެޓިވް އޮފިސަރ ކަމުގެ މަޤާމަށް، ދަފްތަރު ނަންބަރު ރސ 8588 އަލްފާޟިލް މުޖްތަބާ ޖަލީލާއި، އ.ދ.އަށް ކަނޑައަޅާފައިވާ ދާއިމީ މިޝަންގެ ޖެނީވާ އޮފީހުގައި ހުންނަވާ ހިއުމަން ރައިޓްސް އެންވޯއިގެ މަޤާމަށް ދަފްތަރު ނަންބަރު 5197 އަލްފާޟިލް އިބްރާހީމް މޫސާ ލުޠުފީ ޢައްޔަނު ކުރެއްވިއެވެ. މި ދެބޭފުޅުންވެސް ޢައްޔަނު ކުރައްވާފައިވަނީ، މިނިސްޓަރުގެ ނައިބު ފެންވަރުގައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.