ރާއްޖޭގެ ޚަބަރު ޓްރެފިކް މައްސަލަ ތަކުގައި މިދިޔަ ހަފްތާގައިވެސް 3700 އެއްހާ މީހުން ޖޫރިމަނާ ކޮށްފި

ޓްރެފިކް މައްސަލަ ތަކުގައި މިދިޔަ ހަފްތާގައިވެސް 3700 އެއްހާ މީހުން ޖޫރިމަނާ ކޮށްފި

ޓްރެފިކް މައްސަލަ ތަކުގައި މިދިޔަ ހަފްތާގައިވެސް 3700 އެއްހާ މީހުން ޖޫރިމަނާ ކޮށްފި

ކިޔާލަން ހޭދަވާނީ 3 މިނިޓް

ފޮންޓް ސައިޒް

ޓްރެފިކް މައްސަލަ ތަކުގައި މިދިޔަ ހަފްތާގައިވެސް 3700 އެއްހާ މީހުން ޖޫރިމަނާ ކޮށްފިއެވެ.

ފުލުސް އޮފީހުން ވިދާޅުވީ، 07 ސެޕްޓެމްބަރ އިން ފެށިގެން 13 ސެޕްޓެމްބަރ ގެ ނިޔަލަށް މާލޭގައި އެއްގަމު އުޅަނދުފަހަރުގެ ތެރެއިން 2324 އުޅަނދެއް ހިފަހައްޓައި އެއުޅަނދުތައް ހުރީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނުގެ އިމުގެ ތެރެއިންތޯ ޓްރެފިކް ޕޮލިހާއި މާލޭސިޓީ ޕޮލިސް އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމެންޓުން ބަލައި ފާސްކޮށްފައި ވާކަމަށެވެ.

ފުލުހުން ކުރަމުން ދިޔަ މިމަސައްކަތާއެކު، އަމާން ރައްކާތެރި މުޖުތަމައެއް ޤާއިމްކޮށްދިނުމަށް ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާއި ޚިލާފުވި 1105 މީހަކަށްވަނީ މަގުމަތިން ނަސޭޙަތް ދެވިފައި ވާއިރު، ވޭތުވެދިޔަ ހަފްތާގެ ތެރޭގައި އަހަރީ ފީ ސްޓިކާ ނެތި ނުވަތަ މުއްދަތު ހަމަވެފައިވަނިކޮށް ދުއްވާފައިވާތީ 47 ފަރާތަކާ ދޭތެރޭގައިވަނީ ފިޔަވަޅު އަޅާފައެވެ.

އަދި ރޯޑުވާދިނަސް ސްޓިކާ ނެތި ނުވަތަ މުއްދަތު ހަމަވެފައިވާ ރޯޑުވާދިނަސް ސްޓިކާ ޖަގައިގެންނާ ތާރޑް ޕާރޓީ އިންޝުއަރެންސް ނެތި އުޅަނދު ދުއްވާފައިވާތީ 54 ފަރާތަކާއި ދޭތެރޭގައި ވަނީ ފިޔަވަޅު އަޅާފައެވެ.
މީގެ އިތުރުން އެއްގަމު ދަތުރުފަތުރުގެ ޤާނޫނާ ޚިލާފުވި 392 ފަރާތެއްގެ ލައިސަންސް ވޭތުވެ ދިޔަ ހަފްތާގައި ހިފަހައްޓާފައިވާއިރު ލައިސަންސް އަތުގައި ނެތި ނުވަތަ ލައިސަންސް ހިފަހައްޓާފައިވަނިކޮށް ދުއްވައިގެން 355 ފަރާތެއް ވަނީ ޖޫރީމަނާ ކޮށްފައެވެ.

އެއްގަމު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ މަނާ ކަމެއް ނަމަވެސް ބައެއް ފަރާތްތަކުން އެއްގަމު އުޅަނދު ދުއްވަމުން ދުންފަތުގެ އިސްތިޢުމާލުކޮށްފައި ވާތީ ނިމިދިޔަ ހަފްތާގައި 34 ފަރާތެއް ވަނީ ޖޫރީމަނާ ކޮށްފައެވެ. އަދި ކުނި އުކުމުގެ ޤާނޫނާ ޚިލާފުވި 28 ފަރާތަކަށް ވަނީ ޖޫރިމަނާ ސްލިޕް ދޫކޮށްފައެވެ. މީގެ އިތުރުން އެކި މައްސަލަތަކުގައި ފުލުހުން ހިފަހައްޓާފައިވާ 359 ފަރާތެއްގެ ލައިސަންސް ވޭތުވެދިޔަ ހަފްތާގައި ވަނީ އެފަރާތްތަކާއި ހަވާލުކޮށްފައެވެ.
މަގުމަތީގެ އަމާންކަން ޤާއިމްކުރުމަށް ގިނަ މަސައްކަތްތަކެއް ފުލުހުން ކުރަމުންދާއިރު، ލައިސަންސް ހިފާއްޓާފައި ވަނިކޮށް ނުވަތަ އަތުގައި ލައިސެންސް ނެތި ދުއްވުމުގެ ސަބަބުން 355 ފަރާތަކާއި ދޭތެރޭގައި ފާއިތުވި ހަފްތާގައި ވަނީ ފިޔަވަޅު އަޅާފައެވެ. މީގެ އިތުރުން މުއްދަތު ހަމަވެ، ލައިސަންސް އާނުކޮށް ދުއްވާފައިވާ 09 ފަރާތަކާއިމެދުވެސް ވަނީ ފިޔަވަޅު އަޅާފައެވެ.

.ނިމިގެންދިޔަ ހަފްތާގައި ކުރެވުނު މަސައްކަތަށް ބަލާއިރު، އެއްގަމު ދަތުރުފަތުރު ކުރުމުގެ ލައިސަންސް އެއްގޮތަކަށްވެސް ނެތި މިމުއްދަތުތެރޭގައި ދުއްވި 351 ފަރާތަކަށް ޖޫރިމަނާ ސްލިޕް ދެވިފައިވާއިރު، ޤަވާއިދާ ޚިލާފަށް ވެހިކަލް ޕާރކް ކޮށްފައިވާ 1691 ވެހިކަލެއްގައިވަނީ ޤަވާއިދާ ޚިލާފަށް ޕާރކް ކޮށްގެން ޖެހޭ ސްޓިކާ ޖަހާފައެވެ. އަދި އެއްގަމު އުޅަނދު ދުއްވަމުން މުޢާސަލާތީ ވަސީލަތް ބޭނުންކުރި 26 ފަރާތަކާއި ދޭތެރޭގައި ފިޔަވަޅު އަޅާފައިވެއެވެ. މީގެއިތުރުންވެސް ވޭތުވެ ދިޔަ ހަފްތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ޓްރެފިން ނިޝާންތަކާއި ޚިލާފަށް ޢަމަލުކޮށްފައިވާ 38 ފަރާތަކާ ދޭތެރޭ ވަނީ ފިޔަވަޅު އަޅާފައިވާކަން ފާހަގަ ކުރަން ޖެހެއެވެ.

މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށްދީ އަދި މަގުމަތި ތަރުތީބު ކުރުމުގެ ގޮތުން ޓްރެފިކް ފުލުހުންނާއި މާލޭ ސިޓީގެ ފުލުހުން އަދި ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ފުލުހުންފަރާތުން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާއިރު، ފާއިތުވެދިޔަ ހަފްތާގައި މާލޭގައި ބޭއްވި އެކި އެކި ހަރަކާތްތައް ކުރިޔަށް ގެންދެވޭނެ ފަހި މާޙައުލެއް ޤާއިމްކޮށްދީ، މަގުތައް ބަންދުކުރަންޖެހޭ ހާލަތްތަކުގައި އެހެނިހެން ފަރާތްތަކަށް ވީ އެންމެ ލުއިފަސޭހަ މަގުތައް ބޭނުންކުރެވޭނެ އިންތިޒާމުވަނީ ހަމަޖައްސައި ދީފައެވެ.

މިއާއެކު ސްކޫލުތައް ހިމެނޭ ސަރަޙައްދުތަކާއި ޓްރެފިކް ކާރޫބާރު ބޮޑުވާ ސަރަޙައްދުތައް ބެލެހެއްޓުމުގައި ޓްރެފިކް ފުލުހުން ވަނީ ވަރުބަލިކަމެއް ފޫހިކަމެއްނެތި ބުރަ މަސައްކަތްތަކެއް ކޮށްފައެވެ.
މީގެ އިތުރުން މަގުމަތީގެ އަމާންކަން ގާއިމްކުރުމަށް ޓްރެފިކް ޕޮލިސްގެ ފަރާތުން ތަފާތު އެކި އެވެއަރނަސް ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ. އަދި މި ޕްރޮގްރާމް ތަކަކީ ފުލުހުންގެ ބިޒްނަސް ޕްލޭންގެ ދަށުން މަގުމަތީގެ އަމާންކަން ދެމެހެއްޓުމަށްޓަކައި ކުށް މަދުކުރުމަށާއި، ރަމަތަނުވުމާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ލަނޑުލަނޑި ހާސިލް ކުރުމަށްޓަކައި ކުރިޔަށްގެންދާ ޕްރޮގްރާމް ތަކެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.