ދިވެހި ރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމްގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުވުމަށް އެ ކޯޓުން އަމުރު ކޮށްފި އެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުން އިއްޔެގެ މެންދުރު 1345 ގައި ދިވެހި ރާއްޖޭގެ ހިޔުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުން ސުޕުރީމް ކޯޓަށް ހާޒިރުވުމަށް ދިވެހި ރާއްޖޭގެ ޢަދުލު އިންސާފު ޤާއިމު ކުރުމުގެ އެންމެ މަތީބާރު ކަމަށްވާ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ފޮނުވި ޗިޓަށް ބައެއް މެންބަރުން ރަށުގައި ވަޑައިގެން ނޫޅުއްވާތީ އެޗްއާރުސީއެމްގެ އެއްވެސް މެންބަރަކު ޙާޒިރުވެ ވަޑައިގެންފައެއް ނުވެއެވެ.
އެޗްއާރުސީއެމްގެ މެންބަރުން އަނެއްކާވެސް މި މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓަށް ޙާޒިރު ވުމަށް ސުޕްރީމް ކޯޓުން އަންގާފައި ވާކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.
އެޗްއާރުސީއެމްގެ މެމްބަރުން ސުޕްރީމް ކޯޓަށް ހާޒިރު ވުމަށް އަންގާފައި މިވަނީ އިންސާނީ ހައްގުތަކާ ގުޅޭ ގޮތުން އެޗްއާރުސީއަމުން ތައްޔާރުކޮށް އދ. ހިއުމަން ރައިޓްސް ކޮމިޝަނަށް ހުށަހަޅާފައިވާ "ޔުނިވާސަލް ޕީރިއޮޑިކް ރިވިއު(ޔޫޕީއާރު) ރިޕޯޓުގައި ސުޕްރީމް ކޯޓުން ޝަރުއީ ދާއިރާ ކޮންޓްރޯލްކޮށް ނުފޫޒު ފޯރުވަމުންދާ ކަމަށް ބުނެފައި ވަނިކޮށެވެ.
މި ރިޕޯޓުގައި ސުޕްރީމް ކޯޓުގެ ނުފޫޒުގެ ސަބަބުން ދަށު ކޯޓުތަކުގެ ޝަރުއީ ބާރުތައް ހަނިވެ ކޯޓުތަކުގެ ބާރު ކެނޑިފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...