ރާއްޖޭގެ ޚަބަރު އެސްއީޒެޑް ޤާނޫނުގެ ދަށުން ޤަވާޢިދުތައް ހެދުމަށް ނަޝީދާއި ޙަވާލު ކޮށްފި

އެސްއީޒެޑް ޤާނޫނުގެ ދަށުން ޤަވާޢިދުތައް ހެދުމަށް ނަޝީދާއި ޙަވާލު ކޮށްފި

އެސްއީޒެޑް ޤާނޫނުގެ ދަށުން ޤަވާޢިދުތައް ހެދުމަށް ނަޝީދާއި ޙަވާލު ކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެސްއީޒެޑް ޤާނޫނުގެ ދަށުން ޤަވާޢިދުތައް ހެދުމަށް ނަޝީދާއި ޙަވާލު ކޮށްފިއެވެ.

ސްޕެޝަލްސް އިކޮނޮމިކް ޒޯން ނުވަތަ އެސްއީޒެޑް ގާނޫނުގެ ދަށުން އެކުލަވާލާފައިވާ ބޯޑަށް ގާނޫނީ ލަފާ ދެއްވުމަށާއި އެބޯޑުން ހަދަން ޖެހޭ ގަވައިދުތައް ހެދުމުގެ މަސައްކަތް ކުރީގެ ލޯ ރިފޯމް މިނިސްޓަރު އަދި ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާ ހަވާލުކޮށްފައި ވަނީ އެބޯޑުުން ބޭއްވި ފުރަތަމަ ބައްދަލުވުމުގައި އެބޯޑްގައި މެމްބަރުންގެ އިއްތިފާގުން ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުން އެސްއީޒެޑް ބޯދުގެ ނިންމުން ނަޝީދު މިހާރު ޤަބޫލުފުޅު ކުރައްވާފައި ވާއިރު، އޭނާ މި ބޯޑަށް ލަފާ ދެއްވުމާއި އެކު ޤަވާޢިދުތައް ހައްދަވައި ދެއްވާނީ މުޅިން ހިލޭ ސާބަހަށެވެ.

ފަސް މެމްބަރުންގެ މައްޗަށް އެކުލެވޭ އެސްއީޒެޑް ބޯޑު ނުވަތަ ބޯޑް އޮފް އިންވެސްޓްމަންޓްސްގެ ޗެއާމަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ހަމަޖައްސަވާފައި ވާއިރު އެސްއީޒީގެ ވައިސް ޗެއާމަނަކަށް ރައީސުލްހުމްހޫރިއްޔާ އައްޔަން ކުރައްވާފައި ވަނީ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދެވެ. މީގެ އިތުރުން މި ބޯޑުގައި ހިމެނޭ އަނެއް ތިން ބޭފުޅުންނަކީ ފިޝަރީޒް މިނިސްޓަރު ޑރ. މުޙައްމަދު ޝައިނީ އާއި އެންވަޔަރަންމަންޓް މިނިސްޓަރު ޠާރިޤު އިބްރާހީމުގެ އިތުރުން ޔޫތު މިނިސްޓަރު މުޙައްމަދު މަލީޙު ޖަމާލެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.