ރާއްޖޭގެ ޚަބަރު ރާއްޖެއާ ޗައިނާގެ ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލައިފި

ރާއްޖެއާ ޗައިނާގެ ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލައިފި

ރާއްޖެއާ ޗައިނާގެ ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖެއާ ޗައިނާގެ ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލާފައި ވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީޙް މިހެން ވިދާޅުވީ، ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ރައީސް ޝީ ޖިންޕިންގް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއް ގައި ދެބޭފުޅުން ކުރެއްވި މަޝްވަރާ ތަކުގެ ތެރެއިންނެވެ.

މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި ޗައިނާއާ ދެމެދު އޮންނަ އެކުވެރި ގާތްގުޅުމުގެ މައްޗައް ބައްލަވާލައްވަމުން މަޖިލީހުގެ ރައީސް ދެއްކެވި ވާހަކަފުޅުގައި ދެ ޤައުމުގެ ސަރުކާރުގެ އިސްވެރިންގެ ދަތުރުފުޅުތަކާއި ޤާނޫނު ހަދާ މަޖިލީހުގެ އިސްވެރިންގެ ދަތުރުފުޅުތައް ދެ ޤައުމުގެ ދެމެދުގައި ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އަދި ޗައިނާ ސަރުކާރުން ރާއްޖެއަށް ވެދެއްވަމުންގެންދަވާ ދީލަތި އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޗައިނާ ސަރުކާރަށާއި ޗައިނާގެ އެކުވެރި ރައްޔިތުންނަށް ޝުކުރު އަދާ ކުރެއްވިއެވެ.

އަދި ޗައިނާގެ ރައީސްގެ މި ދަތުރުފުޅުގައި ރާއްްޖޭގެ ތަރައްޤީ އަށްޓަކައި އެއްބަސްވެވުނު އެއްބަސްވުންތަކުގެ ސަބަބުން ރާއްޖޭގެ ރައްޔިތުންނަށް އިތުރު ކުރިއެރުމާއި ފާގަތިކަން ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.

ޗައިނާގެ ޒަޢާމަތާ ޝީ ޖިންޕިންގް ޙަވާލުވެ ވަޑައިގެންނެވި ފަހުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމަށް އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށްޓަކައި މަޖިލީހުގެ ރައީސް ޗައިނާގެ ރައީސްއަށް ޝުކުރުއަދާކުރެއްވިއެވެ.

އަދި ޚާއްސަގޮތެއްގައި ޗައިނާގެ ރައީސްގެ ތާރީޚީ ފައިދާކުރަނިވި ޒިޔާރަތުގެ ސަބަބުން ރާއްޖެއާ ޗައިނާއާ ދެމެދު އޮތް އެކުވެރި ރަޙްމަތްތެރި ގުޅުން މާސިންގާ ފުންމުމަކުން ކުރިއަށްޖެހިލައިފިކަމުގައި ވިދާޅުވިއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.