ފަތުހު ކުންފުނީގެ ޙީލަތުގައި ޖެހުނު ފަރާތްތައް ޙައްޖު ކޯޕަރޭޝަނުގެ ފަރާތުން މިއަދު ޙައްޖަށް ފުރައިފިއެވެ.
ވަރަށް ބޮޑަށް ވަގުތު ކުޑަތަން ވެފައި ވަނިކޮށް ފަތުޙު ކުންފުނީގެ ޙީލަތުގައި ޖެހުނު 121 މީހަކު މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުގެ ބެލުމުގެ ދަށުން މިއަދު ވަނީ ޙައްޖަށް ފުރާފައެވެ.
ފަތުހު ކުންފުނިން އެމީހުން އަތުން ފައިސާ ނެގުމަށްފަހު އެއްވެސް މީހަކު ޙައްޖަށް ގެންދެވެން ނެތް ކަމަށް ބުނުމާއި ގުޅިގެން މަކަރާއިޙީލަތުގެ މައްސަލާގައި އެ ކުންފުނީގެ ވެރިޔާ މުސްޠޮފާ މިހާރު ވަނީ ފުލުހުން ހައްޔަރު ކޮށްފައެވެ.
ފަތުޙު ކުންފުނީގެ އޮޅުވާލުމުގައި ޖެހުނު ފަރާތްތައް މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން މެދުވެރިކޮށް ޙައްޖަށް ފޮނުވުމަށް ސަރުކާރުން ވަނީ ނުވަ މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...